ޤައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސް ކުރަން: އިބޫ

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު

ޤައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސް ކުރާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ޤައުމިއްޔަތާއި، މިނިވަންކަމުގެ ދިފާއުގައި ބޮޑުތަކުރުފާނު ކުރެއްވި އަގުހުރި މަސައްކަތް މިއަދު ހަނދާން ކުރައްވާ ކަމަށެވެ.

އަދި އަންނަން އޮތް ޖީލުތަކަށް ރާއްޖެ ވާސިލު ކޮށްދިނުމަކީ، އެންމެންގެ ޒިންމާއެއް ކަމަށްވެސް އިބޫ ވިދާޅުވިއެވެ. ޤައުމީ ދުވަހާއި ގުޅިގެން އިންތިޚާބީ ރައީސް، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ޓްވީޓް ކުރައްވާފައިވާއިރު، ނިމިގެން ދިޔަ ނަސްރުގެ ދުވަހާއި ގުޅިގެން އެމަނިކުފާނު އެފަދަ ޓްވީޓެއް ކުރައްވާފައެއް ނުވެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ކުރެއްވި ޓްވީޓް.

އިބޫގެ ޓްވީޓަށް ޖަވާބު ދިން ގިނަ މީހުން ވަނީ އެކަން ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން، ޤައުމީ ދުވަސް ހަނދުމަފުޅު ހުރިއިރު، ނަސްރުގެ ދުވަސް ހަނދުމަފުޅު ނެތީ ކީއްވެގެންތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. 

އިބޫގެ ޓްވީޓަށް މީހަކު ކޮށްފައިވާ ކޮމެންޓެއް.

އަދި ނަސްރުގެ ދުވަސް ފާހަގަ ކުރުމަކީ، އިބޫއަށް މަނާ ކޮށްފައި އޮންނަ ކަމެއްތޯވެސް ސުވާލު ކޮށްފައިވެއެވެ. ނަސްރުގެ ދުވަހުގެ ތަހުނިޔާ އެމަނިކުފާނު ކިޔުއްވާފައި ނުވަނީ، އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ބައްޕަ ސިއްކަ އަޙްމަދު އިސްމާއީލް މަނިކަކީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ރޭވުމުގައި ބައިވެރިވި މީހަކަށް ވާތީ ކަމަށް ގިނަ މީހުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...