އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ: އިންޑިޔާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ.

އިބޫ ރައީސްކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ވަނަ ދުވަހު، ގަލޮޅު ބޯޅަދަނޑުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވިދާޅުވީ، އިބޫ ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މޯދީ ރާއްޖެއަށް ކުރައްވަނީ ކުރު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހަމަ އެދުވަހު ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޕްރެސް ބްރީފިންގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރް ވިދާޅުވީ މޯދީއަށް އެރުއްވި ދައުވަތު އެމަނިކުފާނު ޤަބޫލު ކުރެއްވީ، އިންޑިއާ އިން ގެންގުޅޭ ނެއިބާސް ފަސްޓް ޕޮލިސީގެ ދަށުން ކަމަށެވެ. އަދި އިބޫގެ ސަރުކާރާ އެކު ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އިބްރާހީމް މުޙައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ އެ ރަސްމިއްޔާތުގައި ބޭރުގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކަމަށްވެސް އެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. .ހަރުފަ 09 ނޮވެމްބަރު 2018 - 18:18

    .ތިކިއާ މޯދީ އަކާ ގޯދީއަކާ ނުވިތާކަށް ކުލޫނީ އަކާވެސް އަންނާނެ އެމީހުންނޫންތަ ތިއިންތިޚާބު ކާމިޔާބު ކުރުމުގެ އަޑީގާތިބީ ފައިސާއާއި ނުފޫޒުގަ މިގައުމު މިއޮތީ އަޅުވެތި ވެފާ ތިތަނަށް ތިކަހަލަ އެތަކެއް ފަރަންޖީންނެއް އަންނާނެ ލަނޑަޔާ ވާނީ ލަނޑަޔާ.

ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...