ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަންޖެހޭ- ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސް

ސިޔާސީ ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.


ޝެއިޙް އިލްޔާސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕާޓީ ބަދަލު ކުރިނަމަވެސް، ކޮރަޕްޝަން އަދި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބެލެން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެ ކަމަށްވެސް އިލްޔާސްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. އެގޮތަށް އެކަން ވެއްޖެ ނަމަ، ޤައުމަށް ދުވަހަކުވެސް، ހަމަޖެހުމެއް ނުލިބޭނެ ކަަމަށް އިލްޔާސް ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ޝެއިޚް އިލްޔާސް ހުސެއިން ކުރެއްވި ޓްވީޓް.

އިލްޔާސް އެހެން ވިދާޅުވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އުޅުއްވި އިސް ބޭފުޅުން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިހާބީ ނައިބު ރައީސްގެ ފައިސަލް ނަސީމްގެ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...