ޑެނީ ވެލްބެކްއަށް ލިބުނު އަނިޔާގެ އަސަރު ޓީމްގެ ކުޅުންތެރިންނަށް ކޮށްފައިވޭ- އާސެނަލްގެ ކޯޗް

ޑެނީ ވެލްބެކްގެ ކަކުލަށް ލިބުނު އަނިޔާގެ އަސަރު އެޓީމްގެ ކުޅުންތެރިންނަށް ކޮށްފައިވާކަމަށް އާސެނަލްގެ ކޯޗް އުނައި އެމްރީ ބުނެފިއެވެ.

އާސެނަލް އާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އާސެނަލްގެ ކޯޗް އުނައި އެމްރީ ބުނެފައިވަނީ އެޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޑެނީ ވެލްބެކްގެ ކަކުލަށް ލިބުނު އަނިޔާގެ އަސަރު ޓީމްގެ ހުރިހާ ކުޅުންތެރިންނަށްވެސް ކޮށްފައިވާކަމަށެވެ.

މެޗްގެ ފުރަތަމަ ހާފުގައި ޑެނީ ވެލްބެކުގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ސްޓްރެޗަރގެ އެހީގައި ދަނޑުން ބާލާފަ. އަދި ދަނޑުން ބޭލިތަނާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ރީޕޯޓްތަކުގައިވެއެވެ. ޑެނީ ވެލްބެކަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ދަނޑުމަތީގައިވެސް ގިނަ އިރުތަކެއް ވަންދެން ފަރުވާ ދީފައިވާއިރު، އޮކްސިޖަން މާސްކްވެސް ބޭނުންކޮށްފައިވާކަމަށް ނޫސްތަކުގައިވެއެވެ. އަދި އެ މަންޒަރުތައް ފެނި އޭނާގެ ޓީމްގެ ކުޅުންތެރިން ހިތްނުތަނަވަސްވި ކަމަށްވެސް ނޫސްތަކުގައިވޭ.

އެ މެޗްގައި ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އެ މެޗްގެ ނަތީޖާއާ އެކު އާސެނަލުންވަނީ ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. އަދި އެ ނަތީޖާއާކު އެޓީމުންވަނީ ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން އާސެނަލްގެ ކޯޗް ބުނެފައިވަނީ ޑެނީ ވެލްބެކަށް އަނިޔާވުން އެއީ ހިތާމަވެރި ޚަބަރެއްކަމަށެވެ.

އަދި މުޅި ޓީމް އޭނާއާއިއެކު ތިބިކަމަށްވެސް ކޯޗް ބުނެފައިވެއެވެ. ވެލްބެކްއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއްކަމަށާއި، ޓީމް މޮޅުކޮށްދިނުމުގެ ޗާންސް އޮތް ކުޅުންތެރިއެއްކަމަށެވެ. އަދި ވެލްބެކަށް އަނިޔާވި މަންޒަރު ކުޅުންތެރިންނަށް ފެނުނު ކަމަށާއި، އެއީ ބޮޑު އަނިޔާއެއް ކަމަށެވެ.

ވެލްބެކްއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރ އޭނާގެ ކުރީގެ ކޯޗާއި އޭނާއާއެކު އެހެން ޓީމްތަކަށް ކުޅުނު ކުޅުންތެރިންނާއިކު، އާސެނަލްގެ ކުޅުންތެރިންވެސް އޭނާއަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...