ޤަވާޢިދާއި ޚިލާފަށް ކުނި އުފުލުމުގެ ޚިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

ވެމްކޯގެ ވެހިކަލްއެއް: ފޮޓޯ ސަން

ޤަވާޢިދާއި ޚިލާފަށް ކުނި އުފުލުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ދިނުން ހުއްޓާލާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގޭބިސީތަކާއި، ވިޔަފާރިތައް އަދި އެކިއެކި މުއައްސަސާތަކާއި، ހޮޓާ، ރެސްޓޯރަންޓްފަދަ ތަންތަނުގައި އުފެދޭ ކުނި، އުފުލާ ފަރާތްތަކާއި، ކޮންމެ ދުވަހަކު އާއްމުކޮށް ކުނި އުފުލުގެ ޚިދުމަތްދޭ، ކުލީ އުޅަނދުތަކުން އެމަސައްކަތްކުރުމަކީ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާޢިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ދިނުން މިމަހުން ފެށިގެން ހުއްޓާލާނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މާލޭގައި މިހާރު ކުނި އުކާލެވޭ ހަމައެކަނި ތަނަކީ މާލޭގެ ހުޅަނގު ކޮޅުން، ސިނާޢީ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެވެ. ޤަވާޢިދާއި ޚިލާފަށް ކުނި އުފުލުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ދިނުން ހުއްޓާލުމަށް އެ ކުންފުނިން ބުނެފައި ވާއިރު، ވެމްކޯއިންދަނީ މާލެ ސަރަހައްދަކީ ސާފު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވެމްކޯގެ އެންމެބޮޑު އެއް މަގުސަދަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ތިމާވެއްޓާއި ރައްޓެހިގޮތަށް، އެންމެ ރަނގަޅު ވަސީލަތްތަކާއި އާލާތްތަށް ބޭނުން ކޮށްގެން ރާއްޖޭގައި ކުނި މޭނޭޖްކުމުގެ ސިޔާސަތު ތަކާއި އުސޫލުތަށް ތަންފީޒް ކުރުންކަމަށް ވެމްކޯއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...