އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް އިބޫ އުމްރާގެ އަޅުކަމުގައި – ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އުމްރާގެ މަތިވެރި އަޅުކަން އަދާކުރައްވައިފި ކަމަށާއި މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސްފަރާތްތަކުން ވެސް، އެމަނިކުފާނާއި ބައްދަލު ކުރައްވާ މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިބޫ އާއި ބައްދަލު ކުރެއްވި ފަރާތްތަކުގެ ތަފްސީލެއް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބީ ރައީސްއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ. އުމްރާގެ އަޅުކަމަށް ފަހު، މިއަދުގެ ވަގުތެއްގައި އިބޫ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަފްލާ 09 ނޮވެމްބަރު 2018 - 14:52

    އިބޫ ހަވާލުވާ މަސް އޫލިއްޔަތަކީ ނުހައްގުން ލިބިގަތް ވެރިކަމެއް ކުރުރުމަށް ހުވާކުރުން އެއްހޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ހުވާ ކުރުމަކީ ތިމާއަށް ސައްހަ ނޫން ކަމެއްކަން އެނގިހުރެ މިވަރުގެ ކަމަކާ ހަވާލު ކުރުމަކީ ވ ދަށު ދަރަޖައިގެ އމަލެއް ވ އަވަހަށް ހިތި ފެންނާނެ ހުރިހާ ތަނަކަށް ވިލާ ނުފޯޒް ފޯރުވައިގެން ކަންތައްތައް ކުރުމުގަ ކޯޓްތަކަށް ނުފޯޒް ފޯރުވުންވެސް ހައްދެއްނެތް މިންވަރަށް ގޮއްސި ދެން ސަދޫމް ކޯޓޭ ބުނީމަ ފަނޑިޔާރުން ނާ އި ބެހެނީއޭ ބުނާނެ

ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...