ސްކޫލްތައް ބަންދުކުރާނީ ދަރިވަރުންނާ ޓެބްލެޓްތައް ހަވާލުކޮށްފައި: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލް ކުދިންތަކެއް ޓެބްލެޓްތައް ހިފައިގެން: ފޮޓޯ މިހާރު

މި އަހަރުގެ ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދު ކުރުމުގެ ކުރިން، ދަރިވަރުންނާ ޓެބްލެޓްތައް ހަވާލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗެނަލް ތާރޓީންއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލުނުކުރެވުނީ، އޭގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. އަދި އެކަމުގައި ކުދި މަައްސަލަތައް ދިމާވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޓެބްލެޓްތައް ގެނައުމުގައި ފައިސާ ދޫކުރުމާ، ވައިފައި ނިޒާމްގެ މައްސަލަތަކުގެ އިތުރުން ސަޕްލައި ކުރުމުގެ މައްސަލަތަކެއް އުޅުނު ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ޓެބްލެޓް ޝިޕްމަންޓް މިކޮޅަށް އައުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުން، އެ އެއްޗެހި ހަވާލު ނުކުރެވިހުރީ މާލޭގެ މަދު ސްކޫލް ތަކަކަށެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ސްކޫލަކަށް މިހާރު ޓްބެލެޓްތައް ހަވާލު ކޮށްފައިވާއިރު، އެ ޓެބްލެތްޓައް ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދިންކަން އަދި ކަށަވަރު ނުވާކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ޓެބްލެޓް ނުލިބި ހުރި، ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކުރެވޭނެ ކަމަށެވެ. ޓެބްލެޓްތައް ދަރިވަރުންނާ ހަވާލު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މިހާރުވެސް ބައެއް ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައި ދެމުންދާކަން ޝަފީއު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދިންގެ އަތަށް ޓެބްލެޓް ދިން ނަމަވެސް، އެތަކެތި ބޭނުންކުރާނީ ސްކޫލުން ނިންމާ ޝެޑިއުލްއާއި އެއްގޮތަށެވެ. ސަރުކާރު ހުރިހާ ސްކޫލެއްގައި ގްރޭޑް 1 އިން ފެށިގެން 12އަށް ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ވަނީ ހަތްދިހަ ހާހަށް ވުރެން ގިނަ ޓެބްލެޓް ގަނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...