ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވީ ކޮންބޭފުޅެއް ކަމެއް މިހާރަކު ނޭނގޭ- އަބްދުއްރަހީމް

އަލަށް ހުވާކުރާ ވެރިކަމުގައި ރައީސަކީ ކޮންބޭފުޅެެއްކަން ނޭނގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް ޕީޕީއެމްގެ ނައިބްރައީސް އަަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަލަށް ހުވާކުރާ ސަރުކާރުގައި ރައީސަކީ ކޮންބޭފުޅެއްކަން މިހާރު ނޭނގޭކަމަށާއި، އެބޭފުޅުން އިންތިޚާބުވުމަށްފަހު ކަންތައްތައް ކުރައްވާނެ ގޮތަކާއި ދޭތެރޭ މިއަދު ރައްޔިތުން ވަރަށް ބޮޑަށް ފާރުވެރިވާންޖެހޭކަމަށެވެ.

"އަންނި ތޯ އެއީ ރައީސުލްޖުމްހޫރިއްޔާއަކީ؟ ނޫނީ ގާސިމް އިބްރާހީމް އެއީތޯ ރާއްޖޭގެ ރައީސް އަކީ؟ ނޫނީ އިބޫތޯ ރައީސަކީ؟ މައުމޫނު ތޯ ރައީސަކީ ސުވާލު އުފެދޭ ހިސާބަށް ވަނީ ގޮއްސަ މިހާރު،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަތަކަަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ އައްޑޫސިޓީއަކީ ވަކި ސަރުކާރަކަށް ހަދަން މީގެ ކުރިން ވެސް ނަޝީދު ވާހަކަދެއްކެވިކަމަށާއި، އަދި ދާދިފަހުން އައްޑޫއަށް ވަޑައިގެން އެމަނިކުފާނު ދެއްކެވި ވާހަކަތަކުން މިރާއްޖޭގައި ދެސަރުކާރެއް އުފެދެނީތޯ ސުވާލު އުފެދޭ ހިސާބައް ކަންތައްތައް ހިނގައްޖެކަމަށެވެ.  އަދި އެއީ ރައްޔިތުން މިއަދު ކަންބޮޑުވާންޖެހޭ ފަދަ ކަމެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބިކަމަށާއި،މިގައުމު ބައިބައިކޮށް ހިލޭސާބަހަށް ބޭރުބަޔަކަށް ވިއްކާލަން ފުރުސަތު ނުދޭނެކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...