ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފަށައިފި

ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގެ ތަފްސީލު ހާމަނުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އިސްވެރިއަކު އެމިނިސްްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކޮށް އެމިނިސްޓްރީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

އަދި އެ މައްސަލަ މިހާރު އެކޮމިޓީން ބަލަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން އިތުރަށް ބުނެފައިވަނީ މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރައަށް އެއްވެސްޖާގައެއް ނުދިނުމަށާއި، މިިނިސްޓްރީގެ ހުރިހާ މުއައްޒަފުން މިފަދަ ފުރައްސާރައިން ރައްކާތެރިކުރުމުގެ ގޮތުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.

ފޮރިން މިނިސްޓްރީން މައްސަލައިގެ ތަފްސީލު ހާމަކޮށްފައިނުވި ނަމަވެސް އެމިނިސްޓްރީގެ އިސްވެރިއަކު 3 މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައިވަނީ ޚަބަރުތަކެއް ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...