ފައިނު އެއަރޕޯޓް އެޅުމަށް 5000 ގަސް ކަނޑަންޖެހޭ : އީއައިއޭ

- ފޮޓޯ - ޓްވީޓް

ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި 5 ހާހަށްވުރެ ގިނަ ގަސް ކަނޑަންޖެހޭ ކަމަށް އެ މަޝްރޫޢުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓްގެ ރިޕޯޓުން ދައްކައިފިއެވެ.


ފައިނު އެއަރޕޯޓް މަޝްރޫޢުގެ އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ކުރިއަށްގެންދިޔުމަށް އެއަރޕޯޓް އަޅާ ސަރަޙައްދުން ފަސް ހާސް ހަތް ސަތޭކަ އަށްވުރެ ގިނަ ގަސް ކަނޑަން ޖެހޭކަމަށެވެ. އަދި މިއީ އެ މަޝްރޫއު ކުރިއަށްގެންދާއިރު ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުން ލިބޭނެ އެއްކަންތައްކަމަށް އީއައިއޭ ރިޕޯޓްގައިވެއެވެ.


އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑައި، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއްކުރާނެކަމަށެވެ. އެ މަޝްރޫއަށް ގެނެވިދާނެ ބަދަލުތަކުގެ ގޮތުގައި އީއައިއޭ ރިޕޯޓްގައި ހިމަނާފައިވަނީ ބިންހިއްކުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ބައްޓަން ބަދަލުކުރުމާއި، ބަނދަރުން އެއަރޕޯޓަށް ދާ މަގު، ގޮނޑުދޮށުން 31 މީޓަރުގެ ޖާގަ ވާނެހެން މަގު ހެދުމައް ވަނީ ފާހަގަކޮށްފައެވެ.


ފައިނުގައި އެޅެމަށް ނިންމާފައިވާ އެއަރޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ހަމަޖެހިފައެވެ. އެއަރޕޯޓު އެޅުމަށް ރަށުގެ ބިމުން 20.8 ހެކްޓަރު އަދި ފަޅުން 8.3 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...