އިސްރަށްވެހިންނަށް އެހީވުމުގެ އެއްބަސްވުމެއްގައި ފެންޝަން އޮފީހުން ސޮއިކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދިނުމަށާއި، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އެހީތެރިވެދިނުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓަން އޮފީހާއި، ދިވެހި ރެޑް ކްރެސެންޓުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ

.ޕެންޝަން އޮފީހުގައި ކުރިޔަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޕެންޝަން އޮފީހުގެ ސީ.ޢީ.ޢޯ މުޙައްމަދު ޙުސައިން މަނިކު އަދި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ސޮއި ކުރެއްވީ ދިވެހި ރެޑްކްރެސެންޓްގެ އަމީން ޢާންމު ޢާއިޝަތު ނޫރާ މުޙައްމަދުއެވެ.

އެ އެއްބަސްވުމުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި އިޖުތިމާޢީ ގޮތުން އެކަހެރިވުން ވީހާވެސް ކުޑަކުރަން މަސައްކަތް ކުރުމަށާއި، މުޖުތަމުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...