ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ފިލިޕީންސްއަށް ފުރައިފި

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފިލިޕީންސަށް ފުރިޕޮލިސް ސްޓާފް ސަރޖަންޓް ރިމާޒް އަބްދުއްރަހީމް ފޮޓޯ: ޕޮލިސް

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ފިލިޕީންސްއަށް ފުރައިފިއެވެ.

ފުލުހުން ވިދާޅުވީ ފިލިޕީންސްގެ މަނިލާގައި އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރީޖަނަލް ޓްރޭނިންގ ކޯސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ކެޝުއަލިޓީ އިންވެސްޓިގޭޝަން ކޯޑު ކޯހުގައި ބައިވެރިވުމަށް ފިލިޕީންސްއަށް ގޮސްފައިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް ރިމާޒް އަބްދުއްރަހީމް ކަމަށެވެ.

މިމަހުގެ 5 ން 16 އަށް ކުރިއަށްދާ މިކޯހުގައި، ކެޝުއަލްޓީ އިންވެސްޓިގޭޓަރުންނަށް ކެޝުއަލްޓީ އިންވެސްޓިގޭޝަން ކޯޑުގެ އެންމެފަހުގެ ކުރިއެރުންތަކާއި ގުޅޭގޮތުންނާއި ކަނޑުމަތީގައި ދިމާވާ ހާދިސާތައް ތަހުޤީޤުކުރުމުގައި، ހެދިފައިވާ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި ޕްރެކްޓިސްތަކާއި އެއްގޮތަށް ތަހުޤީޤުތައް ކުރިޔަށް ގެންދިއުމަށް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...