އިންޑިއާއި އައްޑު އަތޮޅާއި ގުޅިފައިވާކަމަށް ނަޝީދު ވިދާޅުވުމަކީ ޤައުމަށް އޮތް ނުރައްކަލެއް: ޑރ. ޚަލީލް

އައްޑޫއާއި އިންޑިއާގެ މަސްލަހަތު ގުޅިފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ޤައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ސިގުނަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. 

ޑރ. ޚަލީލު އެފަދައިން ވިދާޅުވެފައިވަނި ނަޝިދު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޚަލީލު ވިދާޅުވެފައިވަނީ އިންޑިއާގެ މަސްލަހަތާއި އައްޑޫ މާބޯޑަށް ގުޅިފައިވާކަމަށް ނަޝީދު ވިދާޅުވުމަކީ ޤައުމީ ސަލާމަތައް އޮތ ނުރައްކަލެއްގެ ސިގްނަލެއްކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެފަދަ ވާހަކައެއް ކަމަށާއި ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ ކޮން މަޤަސަދެއް ޙާސިލުކުރުމަށްތޯ ދައުލަތުން ބަލަން ޖެހޭކަމަށް ޚަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޙަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ނަޝިދު ވިދާޅުވަމުން ގެންދަވަނީ ނޮވެމްބަރު 17ގައި އުފެދޭ ސަރުކާރުގެ ސިޔާސަތުތޯ ނުވަތަ ނޫންތޯ އެ ސަރުކާރުގެ ސިޔާސަތުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެކަމަށެވެ. އަދި ނަޝީދު އެފަދައިން ވާހަކަފުޅު ދެއްކެވުމުން އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ މައްޗަށް ނަޝީދުގެ ނުފޫޒު އޮތްކަން ދޭހަވާކަމަށްވެސް ޚަލީލު ވިދާޅުވިއެވެ. 

ނަޝީދު ވަނީ އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަމިއްލަ އޮފީހެއްވެސް އެ ސިޓިގައި ހުޅުއްވާދެއްވާފަ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...