12 މެންބަރުންގެ ޓިކެޓާއެކު ކޯލިޝަންގައި ރެނދުލަނީތަ؟

12 މެންބަރުގެ ޓިކެޓާއިއެކު ކޯލިޝަން ރޫޅުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމާއި ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެންބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި 12 މެންބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުން ނިންމާފައިވާ ކަމަށެވެ.

މައުމޫން އެހެން ވިދާޅުވުމާއިއެކު އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން މައުމޫނު އެހެން ވިދާޅުވި ސަބަބެއް ކަމަށް ބައެއް މީހުން ބުނީ، ގޮނޑި ގެއްލުނު 12 މެންބަރުން މީގެ ކުރިން ތަމްސީލުކުރެއްވީ، ޕީޕީއެމްއަށް ވުމުންނާއި، އެ މެމްބަރުންގެ ތެރޭގައި އެމަނިކުފާނުގެ އަމިއްލަ ދަރިފުޅުވެސް ހިމެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއީ ހަމައެކަނި މައުމޫންގެ ނިންމެވުމެއް ކަމަށްވެސް ބައެއް މީހުން ސިފަ ކޮށްފައިވެއެވެ. އެގޮތަށް މައުމޫން ނިންމެވީ، ދެން ތިއްބެވި ލީޑަރުންނާއި މަޝްވަރާވެސް ނުކުރައްވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަމާއި ގުޅިގެން ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވެފައިވާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް އެކަން ޔަޤީންވެފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓުންނެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުފައިވަނީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށެވެ. އަދި އެޕާޓީއިން މެންބަރުންނަށް ޓިކެޓް ދޭނީ ޕްރައިމަރީއަކަށް ފަހުގައި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ޓްވީޓާއެކު 12 މެންބަރުންނަށް އެމްޑީޕީން އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނެތްކަން ހާމަވެގެން ހިނގައްޖެއެވެ. އެޕާޓީގެ ފަރާތުން އެ މެންބަރުންނަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަވެފައިވާއިރު، ގައުމު މިހާލަތައް ވެއްޓުމުގެ ޒިންމާވެސް ނަގަން ޖެހޭ ބަޔަކީ ގޮނޑި ގެއްލުނު މެމްބަރުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެމްޑީޕީން އެމެންބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ނުނިންމީ އެ މެންބަރުންގެ އިޚްލާސްތެރިކަމާއި ދޭތެރޭގައި ޝައްކު އުފެދޭތީ ކަމަށްވެސް ގިނަ ބަޔަކު އިއްތިފާޤު ވެއެވެ.

ޕްރައިމަރީއަކާ ނުލައި 12 މެންބަރުންނަށް ޓިކެެޓް ދިނުމާއި ގުޅޭގޮތުން ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވެފައިވާއިރު، ކޯލިޝަންގެ ފަރާތުން އިންތިޚާބުވި ރައީސް އަދި ވެރިކަމުގެ ހުވާވެސް ނުކުރައްވައެވެ. ކޯލިޝަން ރޫޅިދާނެކަމުގެ ކޮޅުމަތި މިހާ އަހަވަށް ފެންނަމުންދާއިރު ވެރިކަމުގެ ހުވާކުރައްވާ ހިސާބުން ދެން ކަންތައް ވެގެންދާނީ ކިހިނެތްތޯ މިހާރު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

ނުރޫޅޭނެ ކަމަށް ބުނެ ވަކާލާތުކުރާ ކޯލިޝަންގައި މިހާރު ރެނދުލާފައިވާއިރު މަޖިލީހުގެ އިންތިޚާބު އަންނަންވާއިރު ކޯލިޝަން ރޫޅި ވިއްސިވިހާލި ވެގެންދާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ސާބަސް 07 ނޮވެމްބަރު 2018 - 15:57

    ޝިމްނާ ރިޕޯޓް ލިޔާތީ ވަރަށް އުފާވެއްޖެ. ވަރަށް ފައްކާ ރިޕޯޓެއް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށްދޭ! ވެދުން

  2. .ދޯދި 07 ނޮވެމްބަރު 2018 - 03:04

    .ލަނީކީނޫން ތިއޮތީ ރެނދުލާ ނިމިފާ.

ގުޅުން ހުރި
Loading...