ފްލައިޓް ވެއްޓުނީ ސްޕީޑަށް ދިމާވި މައްސަލައަކާއި ގުޅިގެން- ތަހުޤީޤު ޓީމް

189 މީހުންނާއެކު ދަތުރު ކުރި ލަޔަން އެއާލައިންގެ ފްލައިޓް ވެއްޓުނީ އެއާ ސްޕީޑް އިންޑިކޭޓަރު ހަލާކުވުމާއި ގުޅިގެންކަން ހާމަވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމެޓީއިން ބުނީ، ޖަކާޓާއަށް ދަތުރު ކުރަމުން ދަނިކޮށް ލަޔަން އެއާލައިންގެ ފްލައިޓް ވެއްޓުނުއިރު، އެ ފްލައިޓް އެންމެ ފަހުން ކުރި ހަތަރު ދަތުރުގައިވެސް ސްޕީޑް އިންޑިކޭޓަރު ރަނގަޅަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އަދި ފްލައިޓްގައި މައްސަލަ އުޅޭކަން ޕައިލެޓްވެސް ފާހަގަ ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ފްލައިޓް ވެއްޓުނު ސަބަބު ހޯދިފައިވަނީ، ފްލައިޓްގެ ކަޅުފޮށި ހޯދައިގެން ކުރި ތަހުގީގުތަކާއި ގުޅިގެންނެވެ.

ޖަކާޓާއިން ފުރައިންގެން ސުމަޓްރާއަށް ދަތުރުކުރަމުން ދިޔަ ބޮއިން ސެވެން ތްރީ ސެވެން މެކްސް އެއިޓް މަރުކާގެ ފްލައިޓް ނައްޓާލިތާ 13 މިނެޓު ތެރޭގައި ފްލައިޓާއި ވަނީ ގުޅުން ކެނޑިފައެވެ. އެފްލައިޓުން ދަތުރު ކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...