ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެއެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމް މޮޅުވެފައިވަނީ ތިނެއް އެކެއްގެ ނަތީޖާއިންނެވެ. އެމެޗުގައި ޗެލްސީން ލީޑު ނަގާފައިވަނީ މެޗް 32 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޓައުންސެންޑް ކާމިޔާބްކޮށްދިން ލަނޑާއެކު، ކްރިސްޓަލް ފެލަސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު އަލްވާރޯ މޮރާޓާ. ޗެލްސީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑްރޯ ރޮޑްރިގޭޒް އެ ނަތީޖާއާއެކު އެޓީމް މިހާރު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...