އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕާޓްނަރ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއާއިއެކު ބްލަޑް ޑޮނޭޝަން ކޭމްޕެއް ބާއްވަނީ

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމް.ޓީ.އެސް) ހަމަޖައްސައި ބްލަޑް ޑޮނޭޝަން ކޭންޕެއް ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫންއިން ބުނީ މި ޕަރޓްނާޝިޕްގެ ދަށުން، 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވާނެ ކަަމަށެވެ. އެ ކޭމްޕުގެ މަޤްސަދަކީ، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. އެހެން ކަމުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕަރޓްނާއަށް ވުމާއެކު، އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކަލަރ ރަން ޕްލެޓްފޯމް މެދުވެރިކޮށް، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ މި މުހިއްމު މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ކަމަށް އުރީދޫއިން ބުނެއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮލައިޓީ އަކީ، ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން، 1994 ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. އެ ޖަމިއްޔާގެ އަމާޒަކީ، ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...