ކަލަރ ބޭންކުން އެކްޒޮނޯބެލްގެ ވަންޑާ އޮޓޮމޯޓިވް ޕެއިންޓް ތައާރަފްކޮށްފި

ކަލަރ ބޭންކުން އެކްޒޮނޯބެލްގެ ވަންޑާ އޮޓޮމޯޓިވް ޕެއިންޓް ތައާރަފް ކޮށްފިއެވެ.

ކަލަރ ބޭންކުން އެކްޒޮނޯބެލްގެ ވަންޑާ އޮޓޮމޯޓިވް ޕެއިންޓް ތައާރަފްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާގިރި ހޮޓަލުގަ ބޭއްވި ސެމިނަރގައިއެވެ. ރާއްޖޭގައި ހިންގާ ގަރާޖްތަކާއި ރިސޯޓްތަކަށް ހާއްސަ ކޮށްގެން ބޭއްވި މި ސެމިނަރގައި ކަލަރބޭންކް ހިންގާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި ވަންޑާ އޮޓޮމޯޓިވް ޕެއިންޓް ހަދާ ކުންފުނި ކަމަށްވާ އެކްޒޮނޯބެލްއިން ރާއްޖެ ހިމެނޭ ސަރަޙައްދަށް ކަނޑައަޅާފައިވާ ސޭލްސް މަންދޫބެއް ވަނީ ބައިވެރިވެފައެވެ.

އެ ސެމިނަރގައި ވަންޑާ އޮޓޮމޯޓިވް ޕެއިންޓްގެ ފަސޭހަތަކާއި، ކުލައިގެ ޙަރަދު ކުޑަކުރާނެ ގޮތްތަކާއި، ކުލަލުމުގައި ގެންގުޅެން ޖެހޭ އުކުޅުތަކުގެ އިތުރުން ޔަގީންކަމާއެކު ކުލަ ދިމާކުރަން ކަލަރ ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާ ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.

ސެމިނަރގެ ހުރިހާ ބައިވެރިންނަށް ކަލަރ ބޭންކުގެ ފިހާރަތަކުން އޮޓޮމޯޓިވް ކުލަ ގަތުމަށް ހާއްސަ ޑިސްކައުންޓް ޕެކޭޖެއްވެސް ވަނީ ދީފައެވެ. އަދި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަކަށް އަންނަ އަހަރު އިންޑޮނޭޝިއިގެ ޖަކާޓަރގައި އޮންނަ ސިކެންސް އޮޓޮމޯޓިވް ޕެއިންޓްގެ ތަމްރީނުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ވެސް ދީފައިވެއެވެ. މި ތަމްރީނަކީ ކޮންމެ އަހަރަކު ކަލަރ ބޭންކުން ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަމްރީނެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...