ލެސްޓަރ ސިޓީ ހޯދި ކާމިޔާބީއަކީ ވިޗާއީއަށްޓަކައި ހޯދީ ކާމިޔާބީއެއްކަމަށް އެ ޓީމުން ބުނެފި

ރޭގެ މެޗުން ލެސްޓަރ ސިޓީ ހޯދި ކާމިޔާބީއަކީ އެ ޓީމުގެ ކުރީގެ ވެރިޔާ ވިޗާއީ ޝްރީވައްދަނަ ޕްރަބާއަށްޓަކައި ހޯދީ ކާމިޔާބީއެއްކަމަށް އެ ޓީމުން ބުނެފިއެވެ. 

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ލެސްޓަރ ސިޓީ މޮޅުވެފައިވަނީ ކަރޑިފްއާއި ބައްދަލުކޮށް އެކެއް ސުމެއްގެ ނަތީޖާއިންނެވެ. ލެސްޓަރ ސިޓީއާއި ކަރޑިފް ކުޅުނު އެ މެޗަކީ އެ ޓީމުގެ ވެރިޔާ މަރުވުމަށްފަހު އެ ޓިމުން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުން މޮޅުވުމުން އެ ޓީމުގެ ގޯލް ކީޕަރު ކެސްޕަރ ބުނީ އެ ޓިމަށް ލިބުނު މޮޅަކީ ފަޚުރުވެރި މޮޅެއްކަމަށެވެ. އަދި އެ މޮޅަކީ ވިޗާއީއަށް ހޯދަދިން މޮޅެއްކަން ފާހަގަކޮށް އޭނާ ބުނީ މެޗު ނިމުނު އިރުވެސް އޭނާ ހުރީ ބިރުގެންފައިކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ދިހަ މިނެޓުގައި އޭނާ ހުރީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް އޭގެ ފަހުން އެ ހާސްކަން ފިލައި ވިޗާއީއަށްޓަކައި ތިން ޕޮއިންޓް ހޯދިކަމަށެވެ.

ލެސްޓަރ ސިޓީގެ ކުރީގެ ވެރިޔާ ވިޗާއީގެ ހަދާނުގައި އެ ޓީމުން ވަނީ އޭނާގެ ތަސްވީރު ޖަހާފައިވާ ޓީޝާޓްތަކާއެކު މެޗުގެ ޕްރެކްޓިސް ކޮށްފައެވެ.

ވިޗާއީ މަރުވެފައިވަނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އޭނާ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓިގެންނެވެ. އޭނާއާއި އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރި އިތުރު ހަތަރު މީހުންވެސް ވަނީ މަރުވެފައެވެ. ވިޗާއީއަށް ފަހު ލެސްޓަރ ސިޓިއާއި ހަވާލުވެގެން ހުރީ އޭނާގެ ދަރިފުޅު އައިޔާވަތު ޝްރިވަދަން ޕްރަބާ އެވެ.

ލެސްޓަރ ސިޓީގެ ކުޅުންތެރިން ވަނީ ރޭގެ މެޗަށްފަހު ވިޗާއީގެ ޖަނާޒާގައި ބައިވެރިވުމަށް ތައިލޭންޑަށް ފުރާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...