ތިން ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މާލޭގައި ހުރި ބީއެމްއެލްގެ އޭޓީއެމް އެއް

ތިން ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށަން ބީއެމްއެލް އިން ތައްޔާރުވާން ފަށައިފިއެވެ.
 
ބޭންކް އޮފް މޯލްޑިވްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 3 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދާ ކަމަށެވެ. އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ 3 ރަށަކީ ރ.އަލިފުށި، ބ.ތުޅާދޫ އަދި ލ.މާވަށުގައި. އަލިފުށީގައި އޭޓީއެމްގެ އިމާރާތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކަަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

އެފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ތުޅާދޫގައި އޭޓީއެމް އިމާރާތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 07 ވަނަ ދުވަހު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، އެފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މާވަށުގައި އެ އިމާރާތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 12 ވަނަ ދުވަހު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ބީއެމްއެލް އިން މިހާރު ވެސް ގެންދަނީ ބައެއް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...