ދުނިޔޭގެ ފުރަތަމަ އަންޑަރ ވޯޓަ ވިލާ ރާއްޖޭގައި ހުޅުވައިފި


ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ވިލާ ނުވަތަ ކަނޑުއަޑީގެ ވިލާ ރާއްޖޭގައި ހުޅުވައިފިއެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި ހުޅުވި އެ ވިލާ ފަރުމާކޮށްފައިވަނީ 2 ފަންގިފިލާއަށެވެ. އެގޮތުން މޫދުގެ މަތިން އެއް ފަންގިފިލާ ފެންނަން ހުންނައިރު، އަނެއް ފަންގިފިލާ ހުންނާނީ ކަނޑުގެ 5 މީޓަރު އަޑީގަކަމަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން ބުނެއެވެ. މުރަކައިގެ ނަމުގައި ހުޅުވި މި ވިލާ ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިހާރުވެސް ފަތުރުވެރިން ބުކިން ހަދާފައިވާކަމަށް އެ ރިސޯޓުން މައުލޫމާތު ދީފައިވެއެވެ.

އެ ވިލާގެ އިންޓީރިއަރ ޑިޒައިންކޮށްފައިވަނީ ރަންގަލި އައިލެންޑް ރިސޯޓު ހިންގާ މައި ކުންފުނި ،ކްރައުން ކޮމްޕެނީގެ އާކިޓެކްޗަރުންނެވެ. އަދި އެ ވިލާ ހަދާފައިވަނީ އެކުއޭރިއަމް ޓެކްނޮލޮޖީއަށް ޚާއްޞަ ނިއުޒިލޭންޑުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެމް.ޖޭ މާރފީ ލިމިޓެޑުންނެވެ. 15 މިލިއަން ޑޮލަރު ޙަރުދުކޮށްގެން ހަދާފައިވާ އެ ވިލާގެ ނިދާ ކޮޓަރި ހުންނަނީ ކަނޑު އަޑީގައި ހުންނަ ސުއިޓްގައެވެ.


މީގެ އިތުރުން އެ ވިލާގައި ލިވިންގ އޭރިޔާއެއްގެ އިތުރުން ޖިމަކާއި، ޑައިނިން ރޫމްއަކާއި، ޕޫލްއެއްވެސް ހިމަނާފައިވާކަމަށް ކޮންރެޑް މޯލްޑިވުސް އިން މައުލޫމާތުދީފައިވެއެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މީގެ 13 އަހަރު ކުރިންވަނީ ކަނޑުގެ 4.9 މީޓަރުއަޑީގައި ރެސްޓޯރެންޓެއްވެސް ވަނީ ހަދާފައެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...