ނޮވެމްބަރުގެ 3 ވަނަ ދުވަސް ނިމިގެން ދިޔައިރު ރައީސް މުންތަހަބް އިބޫ ކޮބާ؟

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ފަސްގަނޑަށް ކުރިމަތިވި ޢުދުވާނީ ހަމަލާއަށް 30 އަހަރު ފުރިހގެން ދިޔައިރު، ހިތާމަކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެއެވެ. އެގޮތުން ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮއްވަވާފައިވާ ރައީސް މުންތަހަބް އިބްރާހިމް މުހައްމަދު ސޯލިހް އެ ދުވަހުގެ ތައުޒިޔާ ވިދާޅުވެފައިނުވާކަމީ ގިނަ ރައްޔިތުން އެކަމަކާ ސުވާލު އުފައްދާކަމެކެވެ.

އެންމެ ކުޑަ މިނުން އެ ދުވަހުގެ ވާހަކަ ފާހަގަކޮށްލަން އިބޫ އަށް ކެރިވަޑައިނުގެންނެވި ސަބަބަކީ ކޮބައިތޯ ބަލާލަން ބޭނުންވާ ރައްޔިތުން މަދެއްނޫނެވެ. ދިވެހި ފަސްގަނޑަކަށް ޓަކައި ޝާހީދުވި 19 ބޭކަލުންގެ ޒިކުރާ އައުކުރައްވާކަށް އިބޫއަކަށް ކެރިވަޑައިނުގަތެވެ. ފަހުގެ ތާރީޙެއްގައި ދިވެހި ރާއްޖެއަށް ކުރިމަތިވި އެންމެ ހިތްދަތި އަދި ކަޅުއަދިރި ބަޑި ފުރާސްފައްޗަކީ ދިވެހިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަހެކެވެ.

އެ ދުވަހު ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް އެކި ގޮތްގޮތުން އަނިޔާ ލިބުނެވެ. އަދި އެތައް ބައެއް ރާހީނުކޮށް އިހާނަތްތެރިގޮތްތަކެއް ޙާއިނުންގެ ގުރޫޕުތަކުން ހެދިއެވެ. އެ ދުވަހުގެ ހަނދާންތަކުގައި މިއަދުވެސް ކަރުނަ އަޅާ ރޯ ދިވެހިން މަދެއް ނުވާނެއެވެ. އެ ދުވަހުގެ މަތިން ހަނދާންއާވާ ކޮށްމެ ފަހަރަކު ބިރުގަންނަ ދިވެހިން މަދެއް ނުވާނެއެވެ. ދިވެހި ރާއްޖެއަށް ކުރިމަތިވި މިފަދަ ހިތާމަވެރި ދުވަހެއްގައި ދިވެހި ރާއްޖޭގެ ވަލިއުލްއަމުރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ހަނެވެ.

އާއްމު ގޮތެއްގައި ތަފާތު އެކި މުނާސަބާތްތަކުގައި ދިވެހި ރައްޔިތުންނަށް މަރްހަބާ ކިޔާ ނުވަތަ އެ މުނާސަބާތެއްގެ ވާހަކަ ދައްކާ އިބްރާޙިމް މުހައްމަދު ސޯލިހުއަށް ނަސްރުގެ ދުވަހާއި ގުޅޭގޮތުން ބަހެއް ވިދާޅުވާން ކެރިވަޑައިނުގަތެވެ.

ނިމިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އިބޫ ވަނީ ބައިނަލްއަގްވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހުގެ މުނާސަބަތުގައިވެސް އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ. ނަމަވެސް ދިވެހި ފަސްގަނޑަށް ކުރިމަތިވި އެންމެ ދެރަނިކަމެތި ނަސްރުގެ ދުވަހުގެ ވާހަކަ ދައްކަވަން އިބޫ ފަސްޖެހިވަޑައިގަތެވެ. އަޅުގަނޑުމެންނަށް ޤަބޫލް ކުރެވޭގޮތުގައި އިބޫ އެފެދައިން ވާހަކަ ނުދެއްކެވީ އެމަނިކުފާނަށް ނިސްބަތްވާ އާއިލީ މީހުންތަކެއްގެ އަތެއް އެކަމުގައި ވާތީއެވެ.

ރައީސް މުންތަހަބު އިބްރާހިމް މުހައްމަދު ސޯލިހްގެ ބަފާބެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ ހާދިސާގައި ހައްޔަރު ކުރެވުނު ފަރާތެއް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހުވާކުރައްވަން ތައްޔާރަށް ހުންނެވި އިބޫ އަކީ އެ ބިރުވެރި ދުވަހުގެ އެ ނާމާން ވަގުތު ރާއްޖެއަށް ގެނައުމުގައި އެއް އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތްކުރި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ޅީދަރިއެކެވެ. ނަމަވެސް ރައީސް އިބޫ މިއަދު ހަދާން ކުރަން ޖެހޭ ކަމެއްވެއެވެ.

އެއީ އެމަނިކުފާނު އަކީ މިއަދު ދިވެހި ރާއްޖޭގެ ރައީސް ގެ މަގާމާއި ހަވާލުވެވަޑައިގަންނަވަން ހުންނެވި ބޭފުޅާ ކަމެވެ. އާއިލާއަށް ވުރެ ޤައުމީ މަސްލަހަތު ބޮޑުވާނެ ކަމެވެ. އަދި ދިވެހި ފަސްގަނޑައް ޓަކައި ޝާހިދުވި 19 ދިވެހިންގެ ލޭ، ސިއްކަ އަހްމަދު މަނިކުގެ އުފުލާއި، ރުހުމަށް ވުރެ ބޮޑުވާނެ ކަމެވެ. އަދި ހުވާނުކުރައްވަނީސް އިބޫގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން ގިނަ ބަޔަކު ދަނީ ފާޑު ވިދާޅުވަމުންނެވެ.

އަދި ރައީސް އިބޫގެ ކުރިޔަށް އޮތް 5 އަހަރުގެ ދައުުރުގައި ނަސްރުގެ ދުވަސް ފާހަގަ ކުރުން ނާދިރު ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. އިބްރާޙިމް މުހައްމަދު ސޯލިހްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ނަސްރުގެ ދުވަހާއި ގުޅިގެން ބަހެއް ވިދާޅުވެފަ ނުވެއެވެ. ދިވެހި ފަސްގަނޑުގެ މިނިވަން ކަމަށްޓަކައި ގުރުބާންވި އެ ޝަހީދުންގެ އަގުވަޒަން ނުކުރަމަކީ މި އަދު ހިތާމަކުރަންޖެހޭ ކަމެކެވެ.

އެދުވަހު އެ މީހުންނަށް ރެކެވެން އޮތެވެ. ނަމަވެސް ޝާހިދު ހުސައިން އާދަމް ފަދަ ބަތަލުން އަމިއްލަ ނަފްސުގެ މައްޗަށް ޤައުމު އިސްކުރެއްވިއެވެ. އެހެންނަމަވެސް އަދުގެ ރައީސް މުންތަހަބަށް އަނބިކަނބަލުންގެ ބައްޕާފުޅުގެ މައްޗަށް ޤައުމެއް އިސް ނުކުރެވުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ރައްޔިތެއް 05 ނޮވެމްބަރު 2018 - 00:41

    އެ ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު، ގާސިމް، އަދި ރައީސް ޔާމީން ވެސް ނުފޮނުވާ، އެހެންވީމާ ތިއީ ހަމަ ވަކި ފަރުދަކަށް ޒާތީވެ ލިޔެފައި އޮތް އާޓިކަލެއް ކަމަށް ދެކެން، އެ ކަހަލަ ކަންކަން ނުކުރަން އިލްތިމާސް ކުރަން

ގުޅުން ހުރި
Loading...