މޯލްޑިވް ގޭސްގެ ދަގަނޑު ފުޅި، ލުއި ފުޅިއަށް ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް

މޯލްޑިވްސް ގޭސް އިން ޕްރޮމޯޝަނެއް ފެށުން: ފޮޓޯ ވަގުތު

މޯލްޑިވް ގޭސް އިން ވިއްކަމުން އަންނަ ދަގަނޑު ފުޅީގެ ގޭސް ފުޅިތައް، ޒަމާނީ ލުއިފުޅިއަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސިލިންޑަރ އެކްސްޗޭންޖްގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަން ތައާރަފްކޮށްފައި ވަނީ މޯލްޑިވް ގޭސް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށެވެ. މޯލްޑިވް ގޭސްގެ މެނޭޖަރ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ޕްރޮމޯޝަންގެ ތެރެއިން މޯލްޑިވް ގޭސްގެ ކަސްޓަމަރުންގެ ތެރެއިން ދަގަނޑު ފުޅި ގެންގުޅުއްވާ ފަރާތްތަކަށް، އެ ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި އެ ފުރުސަތުގައި މޯލްޑިވް ގޭސްގެ ދަގަނޑުފުޅިއަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން، ރަޖިސްޓަރ ކުރަން ދެއްކި އަގާއި، ލުއި ފުޅި ރެޖިސްޓަރ ކުރަން ނަގާ ފުޅީގެ އަގުގެ ތަފާތު ދެއްކުމުން، މުޅިން އާ ލުއި ފުޅިއަށް ބަދަލުވެގެން ދާނެ ކަމަށް އައިންތު ވިދާޅުވިއެވެ.


"ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ކަސްޓަމަރ ކޯޑް ވިދާޅުވެފައި، އެބޭފުޅަކު ގެންގުޅުއްވާ ދަގަނޑު ފުޅި އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވީމަ އެބޭފުޅަކު ރަޖިސްޓަރ ކުރައްވާފައި އިންނަ ދަނގަޑުފުޅީގެ އަދަދަށް، ލުއިފުޅި އޭގެ ބެލެންސް ޕޭ ކުރައްވާފައި މިކޮޅުން ފޯރުކޮށްދޭނެ". އައިންތު ވިދާޅުވިއެވެ.

ދަގަނޑު ފުޅި ރެޖިސްޓަރ ކުރުމަށް ދައްކަން ޖެހޭނީ ހަސަތޭކަ ފަންސާސް ރުފިޔާއެވެ. އަދި ލުއިފުޅީގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ އެއްހާސް ހަތްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާއެވެ. މޯލްޑިވް ގޭސް އިން ވިއްކާ ލުއިފުޅިއަކީ ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ، ދަބަރު ނުޖަހާ ފުޅިއެއް. އެ ފުޅީގެ ގޭސް ހުންނަ ލެވެލް ބޭރުން ފެންނަން ހުންނާނެއެވެ. އަދި ސީތްރޫ ޓްރާސްޕޭރެންޓް ކަވަރއެއް ލާފައި ފުޅި ހުންނައިރު، ފުޅިއަކީ ބަދިގޭގެ ކަބަޑް ސެޓްތަކުގެ ރީތިކަން ނުގެއްލޭގޮތަށް ތައްޔާރުކޮށްފައިވާ ރީތި ފުޅިއެއްކަން ވެސް ފާހަގަކޮށްލެވެއެެ.

މޯލްޑިވް ގޭސް އިން ބުނީ، އެ ޕްރޮމޯޝަން މާލޭގެ އިތުރުން، ހުޅުމާލޭގަ އާއި ވިލިމާލޭގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...