ބާރަތުގެ ޝޫޓިންއަށް ފޯން ނުވެއްދޭ!

މިހާރަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކުގެ ޝޫޓިން ކުރިއަށްދާއިރު، ޝޫޓިންތަކުގެ އެކި މައުލޫމާތާއި ފޮޓޯ އަދި ވިޑިއާ ވަރަށް ގިނަ ފަހަރަށް ލީކުކޮށްލައެވެ. މިފަދަ ކަންކަމާ ހެދި ފިލްމު އުފައްދާއިރު އެއްވެސް ކަހަލަ ޕްރައިވެސީއެއް ނުލިބޭ ކަމަށް ބައެއް ޕްރޮޑިއުސަރުން ބުނެއެވެ.

މިކަންތައްތަކުން ސަލާމަތްވުމަށް ބާރަތުގެ ޕްރޮޑަކްޝަން ހައުސްއިން މިވަނީ އެފިލްމުގެ ޝޫޓިން ކުރިއަށްދާގަޑީގައި އެސަރަހައްދަށް ފޯނު ވެއްދުން މަނާކޮށްފައެވެ. މިފިލްމުގެ ޝޫޓިންއަށް ފޯނު ވެއްދުން މިހާރު މަނާކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެފިލްމުގައި ސަލްމާން ފެނިގެންދާ ދެ ގޮތެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އަދި އެފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަންވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ބާރަތުގެ ސިނަމެޓޯގްރަފަރ މާސިން ލަސްކަވީސް އިންޓަގްރާމްގައި ޝެއާ ކޮށްފައިވާ ބަރަތުގެ ސައިންބޯޑްގައި ބުނެފައިވަނީ އެތަނަށް ފޯނު ނުވެއްދޭނެ ކަމަށާއި، އަދި ވިޒިޓަރުންނަށްވެސް ނުވަދެވޭ ކަމަށެވެ. މީގެ އިތުރުން ބަރަތުގެ ޝޫޓިން ކުރިއަށްދާ ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ކާކުކަން އަންގައިދޭ ލިއުމެއް އޮތް މީހަކަށް ކަމަށްވެސް އެ ބޯޑުގައި ލިޔެފައިވެއެވެ.

މިފިލްމުގެ ވާހަކަތައް މީޑިއާގައި ވަރަށް ގިނައިން ދެކެވެމުންދާއިރު، އެންމެ ފަހުން ދެކެވިގެންދިޔަ ވާހަކަތަކަކީ މިފިލްމުގެ ދިގުމިނާއި ގުޅިގެން ސަލްމާން ޚާންގެ ހިތްހަމަނުޖެހުންތަކެއް ހުރި ވާހަކައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ތިން ގަޑިއިރަށް ދެމިގެންދާ ފިލްކެވެ. ފަހަކަށް އައިސް އެހާ ދިގު ފިލްމުތަށް ނުހަދާކަން ފާހަގަކޮށްލެވެއެވެ.

ބަރަތު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދާ ދިމާކޮށް، އެއަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުގައެވެ. މިފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ކެޓްރީނާ ކައިފް، ތާބޫ، ދިޝާ ޕަޓްނީ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...