"ޒީރޯ" ގެ ޕޯސްޓަރ ދައްކާލައިފި

ބަރަތުގެ ޕޯސްޓަރ

ޝާހުރުކްޚާން ޑްވާފެއްގެ ރޯލުން ފެނިގެންދާ ފިލްމު "ޒީރޯ"ގެ ޕޯސްޓަރ މިއަދު ދައްކާލާފައިވަނީ ޝާހުރުކްޚާންގެ ޓްވިޓާގެ ޒަރިއްޔާއިންނެވެ. އެގޮތުން ޝާހު އާންމުކޮށްފައިވާ، އެއް ޕޯސްޓަރުން އަނުޝްކާ އަދި ޝާހު ފެނިގެންދާއިރު، ދެވަނަ ޕޯސްޓަރުން އޭނާއާއެކު ފެނިގެންދަނީ ކެޓްރީނާ ކެއިފްއެވެ. އެ ޕޯސްޓަރުތައް ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ތަރުހީބު މިފިލްމަށް ލިބިފައިވާއިރު ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ އެފިލްމުގެ ޓްރެއިލާރ އަށެވެ. 

އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ މިފިލްމުގައު ޝާހު ކުރު މީހެއްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދާނީ ސައިންޓިސްޓެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ ސްޕަރސްޓާރެއްގެ ރޯލުންނެވެ.
އެފިލްމުގެ ޕޯސްޓަރ މިއަދު ރިލީޒްކޮށްފައިވާއިރު، މިފިލްމުގެ ޓްރެއިލާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާގައެވެ. މާދަމާއަކީ ޝާހުރުކްޚާންގެ އުފަން ދުވަސް ވެސް މެއެވެ.

ޝާހްރުކްގެ އުފަންދުވަހާ ދިމާކޮށް އެ ފިލްމުގެ ޓްރެއިލާ އާންމުކުރަން ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބޮލީވުޑްޚަބަރުތައް ގެނެސްދޭ ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...