މޭބިސްކަދުރަކީ އެތައް ބައްޔެއްގެ ޝިފާއެއް

ސިޓިންރޫމްގައި ޓީވީ ބަލަން އިންނައިރު، މޭބިސްކަދުރު ކާން ބޭނުންނުވާނީ ވަރަށް މަދުމީހެކެވެ. މޭބިސްކަދުރަކީ އެހާމެ މީރު މޭވާއެކެވެ. އަދި ހަމައެކަނި މީރުމޭވާއެއް ނޫނެވެ.

އެއީ ސިއްހީގޮތުންވެސް އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. މޭބިސްކަދުރަކީ ހަކުރު ބައްޔާއި ކެންސަރުފަދަ ބަލިތަކަށް ފަރުވާއެއް ކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. 

މޭބިސްކަދުރަށް ކުއީން އޮފް ފްރުޓްސް ނުވަތަ މޭވާތަކުގެ ރާނީއޭ ކިޔައެވެ. 3 ކުލައެއްގެ މޭބިސްކަދުރު އަހަރެމެންނަށް ލިބެން ހުރެއެވެ. އެއީ ފެހި، ރަތް އަދި ދަނބުކުލައެވެ. މޭބިސްކަދުރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. އަދި މީގެ އިތުރުން އެންޓިއޮކްސިޑެންޓާއި އެންޓި އިންފްލެމޭޓަރީ މާއްދާތައްވެސް މޭބިސްކަދުރުގައި ހިމެނެއެވެ. 

|މޭބިސްކަދުރުން ގައިގެ ހަމަށް ލިބޭ ފައިދާތައް ވަރަށް ގިނަކަން އެނގޭހެއްޔެވެ؟ މޭބިސްކަދުރު ކެއުމުން ގައިގެ ހަމަށް ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ. ސިއްހީ މާހިރުން ބުނާގޮތުގައި އާއްމުކޮށް މޭބިސްކަދުރު ކެއުމުން، އިރުގެ އަލިން ހަމަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ. އަދި އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް އައުން ލަސްކޮށްދެއެވެ. މީގެ އިތުރުން މޭބިސްކަދުރަކީ ގައިގެ ހަން މަޑުވެސް ކޮށްދޭ ކަމެކެވެ. 

ގައިގެ ހަން ރީތި ކޮށްދިނުމުގެ އިތުރުން ބޮލުގެ އިސްތަށިގަނޑަށްވެސް މޭބިސްކަދުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. އާއްމުކޮށް މޭބިސްކަދުރު ކާނަމަ،  ބޮލުން އިސްތަށިފޭބުމާއި، ބޮލުގައި ހަންފޮޅުމުން ސަލާމަތްކޮށްދެއެވެ. އެހެންކަމުން ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުންވާނަމަ، މޭބިސްކަދުރު ކާން އާދަކުރާށެވެ.މީގެ އިތުރުން މޭބިސްކަދުރުން ލިބޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭގައި މައިގްރޭންއިން ސަލާމަތްކޮށްދިނުމާއި، ކިޑްނީގެ ބަލިތަކުން ދުރުކޮށްދިނުމާއި، އުރަމަތީގެ ކެންސަރުން ދުރުކޮށްދިނުމާއި، ލޭގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ދަށްކޮށްދިނުމާއި، ނޭވާ ހިއްލުމުން ދުރުކޮށްދިނުމާއި، ބަނޑުހަރުވުން ފަދަ މައްސަލަތަކުން ދުރުކޮށްދިނުން ހިމެނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...