ދިރާގު އެޕްރެންޓަޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުން ބާރުވެރި ކުރުވުމަށް ދިރާގުން އެޕްރެންޓަޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެޕްރެންޓަޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވެފައިވަނީ އެ ކުންފުނިން ޒުވާނުންނަށް ހުޅުވާލި އެ ފުރުސަތަކީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުވާލި ފުރުސަތެއްކަމަށެވެ. އަދި އެއީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި އެކި ދާއިރާތަކުން ޢަމަލީ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް ބިޝާރާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިރާގުން އެޕްރަންޓަޝިޕް ޕްރޮގްރާމް ކުރިއަށްގެންދާތާ 10 އަހަރު ވެފައިވާއިރު އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތު ހުޅުވިގެންދާކަމަށެވެ. އަދި ދިރާގުގެ އެކި ޑިޕާޓްމަންޓްތަކުންވެސް އެކުންދިންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާކަމަށްވެސް ބިޝާރާ ވިދާޅުވިއެވެ.

ބިޝާރާ އިތުރަށް ވިދާޅުވީ 30 ކުދިންނަށް ބައިވެރިވެވޭ ގޮތައް ހުޅުވާލާފައިވާ އެ ޕްރޮގްރާމަކީ ޓްރެއިން ޕްރޮގްރާމެއްކަމަށް. އަދި އެ ޕްރޮގްރާމުގެ ދަށުން ހިމެނޭ ކޯސްތަކުގެ އިތުރުން ސޮފްޓް ސްކިލް ޑިވެލޮޕްމެންޓްވެސް އެ ޕްރޮގްރާމުގައި ހިމެނޭނެކަމަށް ބިޝާރާ ވިދާޅުވިއެވެ.

ދިރާގު އެޕްރަންޓަޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1 ނޮވެމްބަރުން ފެށިގެން ހުޅުވާލާފައިވާއިރު 12 ނޮވެމްބަރުގެ މެންދުރު 2:00 އަކުން ފެށިގެން ހަވިރު 5:00އަށް ވޯކް އިން އިންތަވިއުތައް ކުރިއަށްދާނެކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...