ކެދަނާތް ރިލީޒްކުރާ ތާރީޚް އަވަސްވެއްޖެ

އަބީޝޭކް ކަޕޫރު ޑައިރެކްޓް ކުރާ ފިލްމް "ކެދަނާތް" ރިލީޒްކުރާ ތާރީޚް އަވަސްވެއްޖެއެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚަށް އައި ބަދަލާއެކު ޑައިރެކްޓަރ އަބީޝޭކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޑިސެމްބަރ 7ގައި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފައިވާއިރު "ކެދާނަތު"ގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ދައްކަނީ 2013 ވަނަ އަހަރު އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ. ސާރާ އެ ފިލްމުގައި ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލުން ފެނިގެންދާއިރު ފިލްމުގައި ސުޝާންތް ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ނަން ނިސްބަތްވަނީ އިންޑިޔާގެ ހިސާބުގަޑެއްގެ މީހުން އަޅުކަން ކުރަންދާ ފަޅިއަކަށެވެ. ފިލްމުގެ ޝޫޓިންގ އިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަބީޝެކް ކަޕޫރު އަދި ރޯނީ ސެކްރެވާލާ ޕރޮޑިއުސް ކުރާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަބީޝެކް ކަޕޫރ އަދި ކަނިކާ ދިއްލޮނެވެ. ސާރާގެ "ކެދާނަތު" ސިނަމާއަށް އަންނަން ތައްޔާރުވިއިރު އޭނާގެ "ސިމްބާ" ވެސް އެ މަހު ފަހުކޮޅު އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...