ރެއާލްގެ ދާއިމީ ކޯޗަށް ވާން މަސައްކަތް ކުރާނެކަމަށް ސޮލާރީ ބުނެފި

ރެއާލް މެޑްރިޑްގެ ހާލަތު ބަދަލުކޮށް އެ ޓީމުގެ ދާއިމީ ކޯޗަކަށްވާން މަސައްކަތް ކުރާނެކަމަށް އެ ޓީމާއި އަލަށް ހަވާލުވި ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފިއެވެ. 

ސޮލާރީ ވަގުތީގޮތުން ރެއާލްގެ ކޯޗުކަމާއި ހަވާލުވެފައިވަނި އެ ޓީމުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ ކޯޗުކަމުން ވަކި ކުރުމާއި ގުޅިގެންނެވެ. އޭނާ ކޯޗު ކަމުން ވަކިކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ކުޅެމުން ގެންދިޔަ މެޗުތަކުން ބަލިވުމާއި ގުޅިގެންނެވެ.

ސޮލާރީ އެ ޓިމާއި ހަވާލުވުމުން އެ ޓީމުގެ ކުޅުން ރަނަގަޅުވާނެކަމަށް ކުޅުންތެރިން ދަނީ ބުނަމުންނެވެ. ސޮލާރޯ ރެއާލްގެ ދާއިމީ ކޯޗަކަށްވާން މަސައްކަތް ކުރާނެކަމަށް ބުނަމުން ގެންދާއިރު ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި އެ ޓީމުގެ ދާއިމީ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނޫނީ ބެލްޖިއަމްގެ ޤައުމީ ޓީމު ކޯޗު ރޮބާޓޯ މާޓިނޭޒް ހަމަޖެއްސުމަށް ރެއާލް އިން ދަނީ މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް އެ ގޮތައް ކަންތައް ނުވެއްޖެ ކަމުގައިވާނަމަ ސޮލާރީ ދާއިމި ކޯޗަކަށް ބަހައްޓަން ރެއާލް އިން ނިންމާފައިވާކަމަށްވެސް އެ ރިޕޯޓްތަކުގައި ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...