ދީޕިކާއަށް އޯމްޝާތީ އޯމްއިން ފުރުސަތު ލިބުނީ ކިހިނެއްކަން އެނގޭތަ؟

އޯމް ޝާންތީ އޯމްއިން ވިދާލި ތަރި ދިޕިކާ ޕަދުކޯން އަކީ މިއަދު ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ އަލިގަދަ ތަރިއެވެ. އެންމެ ވިދުން ގަދަ ތަރިއަކީވެސް ދިޕިކާއޭ ބުނުމަކީ ބޭއިންސާފަކަށް ނުވާނެކަން ޔަގީނެވެ.

ދިޕިކާއަށް އޯމް ޝާންތީއޯމްއިން ފުރުސަތު ދިނީ، އެފިލްމުގެ ޑައިރެކްޓަރ ފަރާހާންކަން މިއީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެންމަވެސް ފަރާ ކައިރީގައި ދިޕިކާގެ ވާހަކަ ބުނީ ކާކުކަން އެނގޭހެއްޔެވެ؟

ފަރާއަށް ދިޕިކާ ރިކަމެންޑްކުރީ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް މަލައިކާ އަރޯރާއެވެ. މަލައިކާއަށް އެންމެ ފުރަތަމަ ދިޕިކާގެ ހުނަރު ފާހަގަ ކުރެވުނީ ދިޕިކާ ކުޅުނު ހިމޭޝްގެ "ނާމް ހީ ތޭރާ" މިލަވައިންނެވެ. 

މަލައިކާ ބުނީ މަޝްހޫރު ޑިޒައިނަރު، ވެންޑެލް ރޮޑްރިކްގެ ފެޝަން ޝޯއަކުން އޭނާއަށް ދިޕިކާ ފެނުނު ކަމަށާއި، އެފަހަރުވެސް ދިޕިކާގެ ހުނަރުވެރިކަން އޭނާއަށް ފާހަގަވިކަމަށެވެ.

އަދި އޯމް ޝާންތީ އޯމްއަށް ރަނގަޅު އަންހެން ތަރިއެއް ހޯދާ ދިނުމަށް ފަރާ އެދުމުން މަލައިކާ ވަނީ ދިޕިކާއަށް އެފިލްމުން ފުރުސަތުދޭން ފެންނަ ކަމަށް ބުނެފައެވެ.

މަލައިކާގެ ހިޔާލް ވަރަށްވެސް ފުރިހަަމައޭ ބުނެވިދާނެއެވެ. މިއަދު ދިޕިކާ އަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓްރެސްއަށް މިވަނީ ވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...