އަނބުން އެތައް ފައިދާއެއް ލިބޭކަން އެނގޭތަ؟

އަނބަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލް މޭވާއެކެވެ. ގިނަ މީހުންނަށް އެންމެ ކަމުދާ އެއް މޭވާ އަކީވެސް އަނބެވެ.

އަނބުގައި ގިނަ ނިއުޓްރިއެންޓްސް އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ ސިއްޙަތަށް ވަރަށް ފައިދާ ހުރި މޭވާއެއްވެސް މެއެވެ. އަނބުން ލިބޭ ބައެއް ފައިދާތައް ކިޔުންތެރިންނާއި ހިއްސާ ކޮށްލާނަމެވެ.

ކެންސަރު ބަލި ޖެހުމުން ދުރުކޮށްދިނުން: ކެންސަރަކީ އެންމެންވެސް ބިރު ގަންނަ ބަހެކެވެ. އެބަލި ޖެހިދާނެތީ އެންމެންވެސް ކަންބޮޑުވާ ނުރައްކާތެރި ބައްޔެކެވެ. ސިއްހީ މާހިރުން ހާމަ ކުރާ ގޮތުގައި އަނބަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭ މާއްދާތައް އެކުލެވިގެންވާ މޭވާއެކެވެ.

ކޮލެސްޓްރޯލް ދަށް ކުރުން:
އަނބުގައި ގިނަ އަދަދަކަށް ފައިބާ، ޕެކްޓިން އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މިއީ ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީވެދޭ މާއްދާ ތަކެވެ.

ގައިގެ ހަން ސާފު ކޮށްދިނުން:
ގައިގެ ހަން ރީތި ކުރުމަށް އަނބު ކެއުމަކީ މުހިންމު ކަމެކެވެ. ކެއުމުގެ އިތުރުން ހަމުގައި އަނބުން ތައްޔާރުކޮށްފައިވާ ޕޭސްޓްވެސް ހޭކި ދާނެއެވެ. މޫނުގެ ހަން ސާފު ކުރުމަށާއި، މޫނުގައި ބިހި ނެގުމުގެ މައްސަލަ ހައްލު ކުރުމަށްވެސް އަނބަކީ ބޭނުން ކުރެވިދާނެ މޭވާއެކެވެ.

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން:
އެންމެ ޖޯޑެއްގެ އަނބުން ދުވާލަކު އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ލިއްބައިދެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ވިޓަމިންއެކެވެ. އަދި އެއީ ލޯ ހިކުމުންވެސް ސަލާމަތް ކޮށްދޭ ވިޓަމިންއެކެވެ.

ދިފާއީ ބާރު ވަރުގަދަ ކޮށްދިނުން:
އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ސީގެ އިތުރުން ކެރޮޓިނޮއިޑްސް އެކުލެވިގެންވެއެވެ. މިއީ، ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ މާއްދާ ތަކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...