ބީއެމްއެލް އިސްލާމިކް އިން ޖެނެރަލް ފައިނޭންސިންގ ޕްރޮޖެކްޓެއް ތަޢާރަފުކޮށްފި

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިސްލާމިކް އިން ޖެނެރަލް ފައިނޭންސިންގ ޕްރޮޖެކްތެއް ތަޢާރަފުކޮށްފިއެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރާގޮތުގައި އެ ޕްރޮޖެކުޓުގެ ސަބަބުން ޝަރީޢާ ހުއްދަ ކުރާ ކޮންމެ ބޭނުމަކަށްވެސް ބައި ލައްކައަށް ވުރެ މަތީ އަދަދަކަށް ފައިސާ ހަމަޖެހޭނެކަމަށެވެ. އަދި ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ 70 އިންސައްތައާއި ހަމަޔަށް ބޭންކުން ފައިސާ ދޭނެކަމަށާއި މަހުން މަހަށް ފައިސާ ދައްކާ ޚަލާސް ކުރުމަށް 12 މަހުގެ ގްރޭސް ޕީރިއެޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ޖެނެރަލް ފައިނޭންސް އަށް އެދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނާއި އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބުރާންޗަކުންވެސް ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެއެވެ.

ޖެނެރަލް ފައިނޭންސިންގ ޕްރޮޖެކް ތަޢާރަފުކުރުމަށްފަހު ބިއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ އެ ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި ވިޔަފާރި ފެށުމާއި ފުޅާ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަމަށެވެ. އަދި އެއާއެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް އިތުރު ފުރިހަމަކަމެއް ގެނެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތްތަކަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ވަކި ފަންޑެއްގެ ގޮތުގައި ބަހައްޓާއިރު އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް ބީއެމްއެލުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...