ދެއަހަރަށް ފަހު، އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް

ފޮޓޯ: އެމްއޭސީއެލް

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. 

އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވާއިރު، އެ އަރލައިނުގެ ބީ 737ގެ ފްލައިޓެއް އިއްޔެ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ، އޮމާން އެއާގެ ދަތުރުތައް ފެށުމުގެ ގޮތުން ޖެއްސި ފުރަތަމަ ފްލައިޓަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްއޭސީއެލްއިން ބުނީ، ހަފްތާއަކު އެ އެއަރނލައިނުގެ ހަތް ފްލައިޓު ރާއްޖެއަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. ރާއްޖެއާއި އޮމާންގެ މަސްކެޓާއި ދެމެދު ދަތުރުކުރަން ބޭނުން ކުރާނީ ސަތޭކަ 62 ފަސިންޖަރުންގެ ޖާގައިގެ މަތިންދާ ބޯޓެއްކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

އޮމާން އެއަރއިން މަޢުލޫމާތު ދޭގޮތުގައި ރާއްޖެއާއި އެ ޤައުމާއި ދެމެދު އަލުން ދަތުރުތައް ފަށާފައިވާއިރު، ފަސިންޖަރުންނަށް ޚާއްސަ ޕެކޭޖްތަކެއްވެސް ތައާރަފު ކުރުމަށް ހަމަޖެހިފައިވެއެވެ.

އޮމާންނުން ރާއްޖެއަށް ކުރަމުން ގެންދިޔަ ދަތުރުތައް 2016 ވަނަ އަހަރު މެދުކަނޑާލާފައިވަނީ އެކަށީގެންވާވަރަށް ފަސިންޖަރުން ނެތުމުންނެވެ. ރާއްޖެއަށް އޮމާން އެއަރގެ ދަތުރުތައް ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...