ދުނިޔޭގެ އެންމެ މަޤްބޫލު ސްޕާ ޑެސްޓިނޭޝަން ރާއްޖެއަށް

ދުނިޔޭގެ އެންމެ މަޤްބޫލު ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

އެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ސެއިންޓް ރީޖަސް ވޯއްމުލި ރިސޯޓުގައި ބޭއްވި 4ވަނަ ވޯލްޑް ސްޕާ އެވޯޑް ހަފްލާގައެވެ.

ރާއްޖެއިން އެންމެ މަޤްބޫލު ސްޕާ ޑެސްޓިނޭޝަން އެވޯޑް ހޯދާފައިވަނި ދުނިޔޭގެ އެންމެ މަޝްހޫރު ޤައުމުތަކާއި ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ހަވާއީ، މޮރިޝަސް، އޮސްޓްރޭލިއާ، ސޭޝެލްސް، އެމެރިކާ އަދި ޔުނައިޓެޑް އަރަބް އެމިރޭތްސް ހިމެނެއެވެ.

ވޯލްޑް ސްޕާ އެވޯޑް އެކި ކެޓަގަރީތަކުން ދީފައިވާއިރު ދުނިޔޭގެ އެންމެ މަޤްބޫލު ސްޕާ ޑެސްޓިނޭޝަންގެ އިތުރުން އިތުރު ކެޓަގަރީތަކުންވެސް ރާއްޖއިން ވަނީ އެ އެވޯޑް ކާމިޔާބުކޮށްފައެވެ.

2015ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ވޯލްޑް ސްޕާ އެވޯޑަކީ ދުނިޔޭގެ ސްޕާ ބްރޭންޑްތަކާއި އެފަދަ ޚިދުމަތްދޭ މަންޒިލްތަކުގެ ތެރެއިން އެންމެ މަޤްބޫލު އަދި ފެންވަރު ރަނަގަޅު ޚިދުމަތް ފޮރުކޮށްދޭ ސްޕާތައް ހޮވުމަށް ދޭ އެވޯޑެއް.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...