އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑް ބޭންޑްގެ ޚިދުމަތް އައްޑޫ ސިޓީއަށް

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑް ބޭންޑްގެ ޚިދުމަތް އައްޑޫ ސިޓީއަށް ތަޢާރަފުކޮށްފިއެވެ.

އެ ޚިދުމަތް އައްޑޫ ސިޓީގައި ތަޢާރަފުކުރެއްވުމަށް ބޭއވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢި ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ހަލުވި ސްޕީޑްގެ ބްރޯޑް ބޭންޑް ބޭނުންކުރަމުންގެންދާ ކަމަށެވެ. އަދި އެކަން މިއަދު މުޅި ދުނިޔެއިން ފެންނަމުންދާ ކަމަށާއި އުރީދޫއަށް ފިކްސްޑް އިންޓަނެޓް ލައިސެންސް ލިބުމާއެކު ރާއްޖޭގައި އެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ނިންމީ ކަމަށްވެސް ނަޖީބު ޚާން ވިދާޅުވިއެވެ. އަދި މިހާރު އައްޑޫ ސިޓީއަށް އެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު އެއީ ލިބުނު އުފަލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ ސުޕަރނެޓް އައްޑޫ ސިޓީއަށް ތަޢާރަފުކޮށްފައިވާއިރު އެ ޚިދުމަތް ހޯދުމަށް އެކްޓިވޭޝަން ފީ އަދި ޑިޕޮސިޓް ނުނެގުމަށް އުރީދުއިން ވަނީ ނިންމާފައެވެ. އޭގެ އިތުރުންވެސް އިތުރު އޮފަރތައް އުރީދޫއިން އެ ނެޓްވޯކްގެ ކަސްޓަމަރުންނަށް ދޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތާއެކު އައްޑޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ގޮތްތަކާއި ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަކާއެކު ސުޕަރނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތުވެސް އެ ސިޓީގެ އުރީދޫ ކަސްޓަމަރުންނަށް ދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...