އެކްތާގެ އިތުރު ޕްރޮޖެކްޓެއް ހީނާއަށް

ހީނާ ޚާން

ހީނާ ޚާން މިހާރު ދަނީ އެކްތާކަޕޫރުގެ ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީކޭގެ މުހިންމު ރޯލެއްކަމަށްވާ ކޮމަލިކާގެ ރޯލަށް ޝޫޓްކުރަމުންނެވެ. ކޮމަލިކާގެ ރޯލަށް ހީނާ ނަގާފައިވާކަން އެކްތާ އާންމުކުރީ ދާދިފަހުންނެވެ.

ހީނާއަކީ މިދުވަސްވަރު އިންޑިއާގެ ޓީވީ އިންޑިއަސްޓްރީގައި ވަރަށް މަގުބޫލުތަރިއެެކެވެ. ޔޭރިޝްތާ ކިޔާ ކެހެލާތާއިން މަޝްހޫރުކަން ހޯދި ހީނާ އާންމުނަށް އެންމެ ބޮޑަށް އެނގިގެން ދިޔައީ ބިގްބޮސް މެދުވެރިކޮށެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ހީނާ ބުނެފައިވަނީ ބިގްބޮސް އަށްފަހު އޭނާއަށް ވަރަށް މަޝްހޫރު ޑްރާމާ ސިލްސިލާތަކުން އޮފާރތައް އައި ކަމަށެވެ. އެގޮތުން ހަތަރު ޝޯއަކުން ޕޮސިޓިވް ރޯލް އޭނާއަށް ލިބުނު ނަމަވެސް އެންމެ ކަމުދިޔައީ އެކްތާ ކަޕޫރުގެ ހުށަހެޅުތައް ކަމަށް އޭނާ ބުނެފައެވެ.

ހީނާ ބުނެފައިވަނީ އެކްތާ ކަޕޫރު ހުށަހެޅީ އޭނާއަށް ނޫނެކޭ ނުބުނެވޭނެ ފަދަ ދެ ޕްރޮޖެކްޓެއްކަމަށެވެ. އޭގެ ތެރެއިން އެއްއޮފާ އަކީ ކަސޯޓީ ޒިންދަގީކޭގެ ކޮމަލިކާގެ ރޯލުކަން ހީނާ ހާމަކުރިއިރު ދެން އޭނާ ސޮއިކުރީ ކޮން ޕްރޮޖެކްޓެއްގައިކަން އޭނާ ހާމަކޮށްފައި ނުވެއެވެ.

ހީނާ ބުނެފައިވަނީ އެކްތާ އެނާއަށް އެއްފަހަރާ ދެޕްރޮޖެކްޓެއް ދިނީ އޭނާއަށް އެއް ދުވަސްވަރެއްގައި ދެ ކެރެކްޓާރއެއް ކުޅެވިދާނެކަމުގެ ޔަގީންކަން އެކްތާއަށް އޮތުމުން ކަމަށް ހީނާ ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...