ފުރަތަމަ 6 މަސްދުވަހު އެންމެ ބޮޑު ޚަރަދެއް ކުރީ އިމާރާތް ކުރުމުގެ ދާއިރާއަށް- އެމްއެމްއޭ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި އެތެރެ ކުރުމަށް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ޚަރަދުތަކާ ގުޅޭ ރިޕޯޓުން ދައްކާގޮތުން ގެދޮރު އިމާރާތް ކުރުމާއި ގުޅޭ ތަކެތި ގަތުމަށް ޖުމްލަ ދުއިސައްތަ ފަންސާސް ތިނެއް ޕޮއިންޓް ހަތެއް މިލިއަން ޑޮލަރު ވަނީ ޙަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ ސަތޭކަ ފަސްދޮޅަސް ހައެއް ޕޮއިންޓް ހައެއް މިލިއަން އެމެރިކާ ޑޮލަރުގެ މުދަލެވެ.


އިމާރާތް ކުރުމުގެ ދާއިރާއަށް ޚާއްސަކޮށްގެން އެތެރެކުރި މުދަލުގެ ތެރޭގައި ދަގަނޑާއި ސިމެންތިއާއި ހިލަޔާއި ހިލަވެއްޔާއި ލަކުޑި ފަދަ ސާމާނު ހިމެނެއެވެ. އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.


އެގޮތުން ޕަބްލިކް ސެކްޓަރ ކުރިއެރުމަށް ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫޢުތައް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ކޮންސްޓްރަކްޝަންގެ ބިޔަ މަޝްރޫޢުތަކާއި ސިނަމާލެ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްފަދަ މަޝްރޫޢުތައް އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...