"ޓޯޓަލް ދަމާލް" ރިލީޒްކުރާ ތާރީޚު ފަސްކޮށްފި

މި އަހަރުގެ ޑިސެމްބަރު މަހު އެޅުވުމަށް ކުރިން ހަމަޖެހިފައި އޮތް ހިންދީ ފިލްމް "ޓޯޓަލް ދަމާލް" ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ.

އަޖޭ ދޭވްގަން، މާދުރީ ޑިކްސިޓް، އަދި އަނިލް ކަޕޫރް ހިމެނޭ މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފިލްމު އެޅުވުން ފަސްކުރިކަން އިއުލާންކޮށް ފިލްމުގެ އެކްޓަރ އަދި ޕްރޮޑިއުސަރ އަޖޭ ދޭވްގަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ވީ.އެފް.އެކްސް މަސައްކަތްތައް ނުނިމޭތީ ފިލްމު ރިލީޒްކުރާ ތާރީޚް ފަސްކޮށްފައިވާކަމަށާއި ދެން ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ކުރިން ފެބްރުއަރީ 22 ވަނަ ދުވަހު ރިލީޒްކުރަން އޮތް، އަޖޭ، ރަކުލް ޕްރީތް އަދި ތާބޫގެ ފިލްމު 'ދޭ ދޭ ޕިޔާރް ދޭ' އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ފަސްކޮށްފައި ވާކަންވެސް އޭނާގެ ޓްވީޓުން ވަނީ ހާމަކޮށްފައެވެ.


"ޓޯޓަލް ދަމާލް" އަކީ އިންދަރު ކުމާރު ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމެކެވެ. މިއީ ދަމާލް ސީރީޒްގެ ތިންވަނަ ފިލްމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...