މިސަރުކާރަކީ ހަމައެކަނި ވާހަކަ ދައްކާސަރުކާރެއްނޫން އަމަލުން ކަންކަންކޮށްފަ ދައްކާ ސަރުކާރެއް

ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙްމަދުނާސިފް- ފޮޓޯ: ޗެނަލް 13

މިސަރުކާރަކީ ހަމައެކަނި ވާހަކަ ދައްކާ ސަރުކާރެއް ނޫންކަމަށާއި އޭގެ ބަދަލުގައި މިސަރުކާރަކީ އަމަލުން ކަންކަންކޮށް ދައްކާ ސަރުކާރެއްކަމަށް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވެއްޖެއެވެ.


ތިލަފުށި ކޯޕަރޭޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޗެނަލްތާރޓީންގެ ނަނާހުވަފެން ޕޮރޮގްރާމްގައި ވާހަކަދައްކަވަމުން ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ މާލެއާއި މާލެހިމެނޭ ސަރަހައްދުތަކަށް އަންނަ ތަރައްޤީ އިތުރުވާވަރަކަށް މާލޭގެ ބަނދަރުވެސް ބޮޑުކޮށް އެބަނދަރުން ގިނަ ޚިދުމަތްތަކެއް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭކަމަށެވެ.

އެހެންކަމުން މުސްތަގުބަލްގައި މާލޭގެ ބަނދަރު ތިލަފުއްޓައް ބަދަލު ވެގެންދާއިރު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި ބަހައްޓަންޖެހޭ ހުރިހާ އެންޓަނާތަކެއްވެސް ތިލަފުއްޓައް ބަދަލުވެގެންދާނެކަމަށް ނާސިފް ވިދާޅުވިއެވެ.


އަދި މިސަރުކާރައް ކުރިމަތިވަމުންދާ ގިނަގުނަ ގޮންޖެހުންތަކާއި އެކުވެސް ރައީސް އަބްދުﷲ ޔާމީންގެ ދުރުވިސްނުންފުޅާއި އަދި ސަރުކާރުގެ ކުންފުނި ތަކުގެ ސަޕޯރޓާއި، ރައްޔިތުންގެ އެއްބާރު ލުމާއިއެކު މީވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ނިންމާލެވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްޤީ ކުރަނީ ހަމައެކަނި މާލެކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައްދުދެއްވާ ނާސިފް ވިދާޅުވީ ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް މިރާއްޖޭގައިމިހާރުނޯނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނު ތަރައްގީއަށް ކުރައްވަމުންދާ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖަރ އަހުމަދު ޝާހިދު ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ ބޭއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ގިނަ މަސައްކަތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން މިސަރުކާރައް 3 އަހަރާއި 9 މަސް ފާއިތު ވެގެންދިޔައިރު 689 މިސްކިތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި އޭގެތެރެއިން 127 މިސްކިތަކީ އަންހެނުންނަށް ޚާއްސަ މިސްކިތްކަމަށާއި 351 މިސްކިތް ޚާއްސަކުރެވިފައިވަނީ ފިރިހެނުންނަށް ކަމަށް ވިދާޅުވި އަދި ދެޖިންސް އެއްކޮށް ނަމާދު ކުރެވެގޮތައް 211 މިސްކިތެއް ގާއިމް ކުރެވިފައިވާކަމަށްވެސް ޝާހިދު ވިދާޅުވި. 

މީގެ އިތުރުން ޝާހިދު ވިދާޅުވީ މިރާއްޖޭގެ ތަރައްގީއަށް މިވަރުގެ ބޮޑު ބަދަލެއް ގެނެސްފައިވާ އެއްވެސް ވެރިއަކު މިހާތަނަށް ވަޑައިގެންފައިނުވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގަތުމުން ރައްޔިތުން އެކަންކަން އުފަލާއެކު ބަލައިގަންނަމުންދާކަމަށް ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...