ކަރީނާ ކަޕޫރުގެ މިކަންކަން އެނގޭތަ؟

ކަރީނާ ކަޕޫރު.

ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ މަގްބޫލް އަންހެން ފަންނާނުންގެ ލިސްޓުގައި ހިމެނޭ ފަރާތެކެވެ. ކަރީނާ އުފަންވެފައިވަނީ، 1980 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުއެވެ.

ކަރީނާ ނުވަތަ ބޭބޯގެ ފޭނުންނަށްޓަކައި އޭނާއާއި ބެހޭ މުހިއްމު މައުލޫމާތުތަކެއް މިލިޔުމުގައި ހިމަނާލާނަމެވެ.

ކަރީނާގެ ހޮބީސް: ޔޯގާ ހެދުން، ކެއްކުން، ފެތުން، ފޮތްކިޔުން، އަސްދުއްވުން

އިސްކޮޅު: 4'5 އިންޗި

އެންމެ ކަމުދާ ކުލަ: ކަޅާއި ރަތް

އެންމެ ކަމުދާ ކެއުން: އިޓާލިއަން ކޫޒިން

އެންމެ ކަމުދާ ބުއިން: ފެން 

އެންމެ ކަމުދާ ލަވަތައް: 60ގެ ލަވަތައް

ބޮލީވުޑުން އެންމެ ކަމުދާ ތަރި: ރާޖް ކަޕޫރް

ބޮލީވުޑުން އެންމެ ކަމުދާ އަންހެންތަރިން: ކަރިޝްމާ، ބަބީތާ އަދި ނަރްގިސް އަދި ކާޖޮލް 

އެންމެ ކަމުދާ ހޮލިޑޭ ޑެސްޓިނޭޝަން: ސްވިޒަލޭންޑް

ކަރީނާގެ ބަލިފައި: އޭނާގެ ދައްތަ، ކާއެއްޗެހި 

އެންމެ ބިރުގަންނަނީ: އެކަނިވެދާނެތީ

އެންމެ ފުރަތަމަ ކްރަޝް: ގްރޭޑް 4 ގައި އުޅެނިކޮށް ކްލާހުގައި އުޅުނު ކުއްޖެއް


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...