ނަޝީދާއި ބެހޭގޮތުން ވާހަކަ ނުދެއްކެވުމަށް ދުންޔާގެ އަރިހުން ހަސަން ލަތީފު އެދިވަޑައިގެންފި

ފޮޓޯ: މިހާރު

ކުރީގެ ރައީސް ނަޝީދުއާއި ބެހޭގޮތުން ވާހަކަ ނުދެއްކުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޏާ މައުމޫނުއަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް އިލްތިމާސް ކޮށްފިއެވެ. 

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓްއްގައި ވިދާޅުވީ ނަޝީދުގެ މައްސަލައާއި ގުޅޭގޮތުން ދުންޔާއަށް އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަތައް ދެއްކެވިފައިވާ ކަމަށާއި އެކަންކަން އެގޮތަށް ނުކުރެއްވުމަށް ދުންޔާގެ އަރިހުން އިލްތިމާސް ކުރައްވާ ކަމަށެވެ.

ހަސަން ލަތީފު އެފަދައިން ޓްވީޓް ކުރައްވާފައިވަނީ އަވަސް އޮންލައިންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދުންޔާ މައުމޫން ކުރީގެ ރައިސް ނަޝީދުއަށް އިންސާފު ލިބެން ޖެހޭނީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ކަމަށް ބުނުމާ ގުޅިގެންނެވެ. އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދުންޔާ ވަނީ ރާއްޖޭގެ ޖުޑީޝަރީ ހަރުދަނާކުރުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއަށްވެސް ގޮވާލައްވާފައެވެ.

އިންތިހާބަށްފަހު އިދިކޮޅު ކޯލިޝަނުގެ އެކި އެކި ފަރާތްތަކުގެ މެދުގައި މިފަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...