ކޮންމެ ދުވަހަކު އަންހެނުން ކުރަން ރަނގަޅު 3 ކަމެއް!

އަންހެނެއްގެ ބިޒީ ޝެޑިއުލްގައި ހަރަކާތްތެރިވަނީ

ކޮންމެ ދުވަހެއްގެ ހެނދުނު ހޭލުމަށްފަހު ގިނަ އަންހެނުން މަސްއޫލު ވަނީ ގޭތެރޭގެ ކަންކަން ހަމަޖެއްސުމަށެވެ. ފިރިމީހާގެ ކަންތަކާ، ކުދިންގެ ކަންކަން ކުރުމުގައި އަންހެނުން ހަރަކާތްތެރިވާން ފަށަނީ ހިނިތުން ވުމާއެކުގައެވެ. މުޅި ދުވަހު ގޭތެރޭގެ ނުވަތަ އޮފީސް ކަންކަމުގައި ބިޒީކޮށް އުޅުމަށްފަހު އަމިއްލަ ކަންކަމަށް ފުރުސަތު ދޭކަށް ވަގުތެއްނުލިބެއެވެ. ނަމަވެސް އަމިއްލަ މީހާގެ ކަންކަމަށް ފުރުސަތު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ދުވަސް ފެށުމުގެ ގޮތުންނާ، މުޅި ދުވަހު އަންހެނުން ކުރަން މުހިއްމު 3 ކަމަކަށް މި ލިޔުމުގައި ބަލާލާނަމެވެ.


ނިދިން ހޭލުމަށްފަހު ހައިބަނޑާހުރެ ހަނދާންކޮށް ފެންބޯށެވެ.
ކޮންމެ މީހަކަށްވެސް 6-8 ނިދި ބޭނުންވާ ފަދައިން، ދުވާލަކު މަދުވެގެން 8 ތަށި ފެންވެސް ހަށިގަނޑަށް ބޭނުންވެއެވެ. އެހެންކަމުން ހާއްސަކޮށް އަންހެނުން، ނިދިން ހޭލުމަށްފަހު ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް އަންހެނުންނަކީ ގޭތެރޭގައި މަސައްކަތުގައި ހޭލާގޮތަށް މަސްއޫލުވާ ބަޔަކަށް ވާއިރު، ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ.


ހަމަޖެހިގެން ކަންކަން ނިންމާލާށެވެ.
އަބަދުވެސް އަންހެނުން ލޭބަލް ވެފައި އިންނަނީ ކަންކަމުގައި ވަގުތުނަގާ ބައެއްގެ ގޮތުގައެވެ. ހާއްސަކޮށް ތަނަކަށް ދާން ތައްޔާރު ވުމުގައެވެ. ފިރިހެނުންނާއި ހިލާފަށް ގިނަ އަންހެނުންނަކީ ކުރާ މަސައްކަތް ފުރިހަމައަށް ކުރަން ބޭނުންވާ ބައެކެވެ. ހާއްސަކޮށް ހެނދުނު ގަޑީގައި ތެޅިފޮޅިގެން ކަންކަން ނިންމުމުގެ ނަތީޖާއަކަށް ވާނީ ދުވަސް ފެށުމުގެ ކުރިން ހަށިގަނޑުގެ ހަކަތަކޮޅު ދިއުމެވެ. އެހެންނަމަވެސް މިކަމަށް ހަމަޖެހިގެން ކަންކަން ކުރެވޭހާ ވަގުތުއޮށްވާ ތެދުވުންވެސް މުހިއްމެވެ.


ދުވަހުގެ މަގުސަދެއް ކަނޑައަޅާށެވެ.
ކޮންމެ ދުވަހަކީ ވެސް އާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކަށްވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން އަޒުމެއް ކަނޑައެޅުމަށްފަހު ތާވަލް އެއް ހަދާށެވެ. އެ ތާވަލްގެ ދަށުން ހުރިހާ ކަމެއް ކުރަމުން ގެންދާށެވެ. ހާއްސަކޮށް ވަޒީފާއަށްދާ އަންހެނުންނަށް ގޭތެރޭގެ އިތުރުން އޮފީހުގެ މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ދެގުނަ ވީ އެވެ. އެހެންކަމުން ކުރަން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް ނިންމާލުމަށް ޕްލޭން ކުރާށެވެ. އެއިރުން ދުވަސް ނިމުމުގެ ކުރިން އެދުވަހަކަށް ކޮށްނިންމަން ޖެހޭ ކަންކަން އެއްކޮށް ނިންމާ ލެވޭނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...