އުމުރުން ދުވަސްވީ ފިރިހެނުންނަށް، ޅަފުރައިގެ އަންހެން ކުދިން ކަމުދަނީ ކީއްވެ؟

އުމުރުން ހަގު އަންހެން ކުއްޖަކާއެކު ދުވަސްވީ ފިރިހެނެއް

އުމުރަކީ ހަމައެކަނި ނަމްބަރެއެއް ދެއްތޯ! ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލި ކަމުގައިވިޔަސް އުމުރުން ހަގު އަންހެން ކުދިންނާއެކު ޑޭޓް ކުރާ ފިރިހެނުން ގިނަކަން ފާހަގަކުރެވެއެވެ. ނަމަވެސް މިކަމަކީ އާންމުކަމަކަށް ވުމުން، މުޖުތަމަޢު ވަނީ މިކަން ބަލައިގަނެފައެވެ. އެހެންކަމުން މިކަމުގައި ހައިރާންވާންޖެހޭ އެއްވެސް ސަބަބެއްނެތެވެ.

މިހާރަކަށް އައިސް މުޖުތަމަޢު އިން އަހަރުމެންނަށް ފެންނަމުންދަނީ އެމީހާގެ އުމުރުގެ 10 ނުވަތަ 15 އަހަރުގެ ހަގު އަންހެން ކުދިންނާ ކައިވެނި ކުރަމުންދާ މަންޒަރެވެ. ނަމަވެސް މިހެން ބުނި ކަމުގައިވިޔަސް، ތިމާގެ އުމުރަށް ވުރެން ދޮށީ އުމުރުގެ އަންހެނުންނާ ކައިވެނި ކުރާ ފިރިހެނުންވެސް ވަކި މަދެކޭ ނުދެންނެވޭނެއެވެ.

ވަރަށް ގިނަ މީހުން ހިތަށްއަރައެވެ. އަންހެން ކުދިން، އެމީހުންނަށް ވުރެން އެތައް އަހަރެއް ދޮށީ އުމުރުގެ ފިރިހެނަކާ ކައިވެނި ކުރަނީ ކީއްކުރަން ހެއްޔެވެ؟ ނުވަތަ ފިރިހެނުން އެމީހުންނަށް ވުރެން އެތައް އަހަރެއް ހަގު އަންހެން ކުއްޖަކާ ކައިވެނި ކުރަނީ ކީއްކުރަން ހެއްޔެވެ؟ މިކަމުގައި ވަރަށް ގިނަ ސަބަބުތައް ވެއެވެ. މިހާހިސާބުން މީގެތެރެއިން ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

1. ބައެއް ފިރިހެނުންނަށް ކަމުދަނީ އަންހެން ކުދިން އުމުރުން ހަގުވި ވަރެކެވެ. މިގޮތަށް މި ދިމާވަނީ ހަގުކޮށް ހުންނަ ކުދިންގެ ހަށިގަނޑު ރީތިކޮށް ހުންނާތީ ކަމަށް ދިރާސާތަކުން ދައްކައެވެ. ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއްވެ، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ޖިންސީ އެދުމަށް ބުރޫއަރާ ވަރުގެ މައްސަލަތައް ދިމާވުމުން ފިރިހެނުންގެ ލޯ އެހެންދިމާތަކަށް ދަތުރު ކުރަން ފަށައެވެ. އެހެންކަމުން އަންހެނުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

2. ޤަބޫލު ކުރަން ދަތިވި ކަމުގައި ވިޔަސް، އުމުރުން ދުވަސްވީ ފިރިހެނުން ބޭނުންވާނީ ގިނަ ދުވަހު އުޅުވޭ ގުޅުމަކަށް ދާކަށްނޫނެވެ. އެމީހުން ބޭނުންވާނީ އެމީހުންގެ އިހްސާސްތަކަށް އަންނަ ބަދަލުތަކާއެކު ވަގުތީ އުފާ ހާސިލް ކުރާށެވެ. އަނެއްކޮޅުން އެފަދަ ފިރިހެނުންނާ ގުޅޭ ގިނަ އަންހެން ކުދިންވެސް އެކަހަލަ ގުޅުމަކުން ގުޅެނީ އެމީހުންގެވެސް އެދުމެއް އޮތީމައެވެ.

3. ކައިވެނީގައި ގިނަ ދުވަސް ހޭދަކޮށް ތަނަވަސް ދިރިއުޅުމެއްގައި އުޅެވޭތީ ވަރިވާން ބޭނުންނުވާ ފިރިހެނުން ތިބެއެވެ. ނުވަތަ ދަރިންނަށްޓަކައި އެ ގުޅުން ދަމަހައްޓަން ބޭނުންވާ ފިރިހެންނުން ތިބެއެވެ. އެހެންކަމުން އެފަދަ ފިރިހެނުން ދިރިއުޅުމުގައި އަބަދުވެސް ތަފާތު ރަހައަކަށް އިންތިޒާރު ކުރާނެއެވެ. އަނބިމީހާ އަށް ސިއްރުން، އޮފީސް މާހައުލުގައި ނުވަތަ ރަށުން ބޭރުގައި އުމުރުން ހަގު ރީތި އަންހެން ކުދިންނާއެކު ގުޅުން ބާއްވާކަށް އެފަދަ ފިރިހެނުން ޖެހިލުމެއް ނުވާނެއެވެ. މީ ހަމަ ވަރަށް އާންމު ކަމެކެވެ.

4. އުމުރުން ދުވަސްވީ ފިރިހެނުންނަށް ތަންކޮޅެއް ފްރީކޮށް އަދި މިނިވަން ކަމާއެކު އުޅޭ އަންހެން މާކަމުދެއެވެ. މާ ބިޒީކޮށް ވަޒީފާގެ މާހައުލުގައި އުޅޭ ބޮޑެތި އަންހެނުން އެމީހުންނަކަށް އެހާކަމަކު ނުދެއެވެ. އެހެންކަމުން އެމީހުން އަބަދުވެސް އެފަދަ އަންހެން ކުދިން ހާސިލް ކުރުމަށް ޓާގެޓް ކުރެއެވެ. އަދި އެފަދަ ކުދިން ކޮންޓްރޯލް ކުރުމަކީ ފިރިހެނުންނަށް ފަސޭހަ ކަމަކަށްވާތީ، އެކުދިންގެ ސިކުނޑިއާއި ކުޅެ، ސިއްރު ރިލޭޝަންއަކަށް ދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...