ޤާސިމަށް މަޖިލީހުގެ ރައީސްކަން ދޭން ޖެހޭބާ؟

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސްކަން އެބޭފުޅާއަށް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. 

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމަށް އޭނާ އާ ދެކޮޅަށް 51 މެންބަރުންގެ ސޮޔާއެކު މިދިޔަ ބުދަ ދުވަހު ހުށަހެޅި މައްސަލައާއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާމްއަށް މަޖިލީހުގެ ރައީސްކަން ދޭން ފެންނަކަމަށް ބުނެފައެވެ.
 
ޖޭޕީގެ ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ގާސިމްއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ފާސްކޮށްފައިވެއެވެ.  ގާސިމްގެ އިތުރުން، މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފައެވެ.

އަބްދުއްރަޙީމް އެކަން އިއުލާން ކުރެއްވުމާއެކު އިދިކޮޅު ގިނަބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން އަބްދުއްރަޙީމަކީ، ހިސާބު އަދަދު ކަނޑާ ގުނަކޮށް އެއްކުރަންވެސް ނޭނގޭ މީހެއް ކަމަށް ބުނެ ފާޑުކިޔަމުންދާއިރު، ގިނަ ރައްޔިތުން ދަނީ އެއީ ޒާތީ ކަމަކަށް ނުހެދުމަށް ގޮވާލަމުންނެވެ.  ޤާސިމް ތައުލީމް އުނގެނިވަޑައިގެންނެވި ޔުނިވާސިޓީ އެއް ނުވަތަ ކޮލެޖެއް ދެއްކުމަށްވެސް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ޤާސިމަކީ، ވަފާތެރިވާނެ ބޭފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ދިވެހި ރައްޔިތުން ދަނީ ފަގީރުކަމުގައި ހުއްޓާ މުއްސަނދިވާން އެހީތެރިވެދިން އަލަތު އަނބިމީހާއަށް ވަފާތެރި ނުވި މީހަކު ދިވެހި ރައްޔިތުންނަށް ވަފާތެރިވެދާނެތޯ ސުވާލު އުފައްދަމުންނެވެ.

އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭނެ ބޭފުޅަކީ ޤާސިމް ކަމަށް އިދިކޮޅުން ބުނަމުން ދާއިރު، ދިވެހި ރައްޔިތުން ހަރު އަޑު ބުނަމުންދަނީ ކޯޓުތަކަށް އޭނާގެ ދިގުއަތް ބާނާ ރިޝްވަތުދިން މީހަކު އިންސާފުން ކަންކުރާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އޭގެއިތުރުން ވިޔަފާރިވެރިން ސިޔާސީ ކަންކަމުގައި އުޅުމަކީ ހުއްޓުވަންޖެހޭ ކަމެއްގެ ގޮތުގައި ސިފަ ކުރާ މީހުންވެސް މަދެއް ނޫނެވެ. 
 
ބައެއް ފަރާތްތަކުން ބުނަމުންދަނީ ދުވަސްކޮޅަކުން ގާސިމު، މައުމޫނާއި ގުޅިގެން މަޖިލިސް ތެރިއިން އިބޫގެ ވެރިކަން ނިންމާލަން އުޅޭނެކަމަށެވެ. އަދި އޭރުން އިބޫ އުޅުއްވާނީ ގާސިމު މަޖިލީހުގެ ރައީސްކަމުން ދުރު ކުރަން ކަމަށެވެ.

ދެން އެހިސާބުން އަސްލު ކުޅިވަރު ފެށޭނެ ކަމަށްވެސް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުން މިއަދު ބުނަނީ، ސިޔާސީ ކަންކަމުގައި ގިނަ މީހުން ކުޅޭ ގޭމުތަކަށް ދިވެހިން މިއަދު ރަނގަޅަށް ލޯ ހުޅުވިފައިވާ ކަމަށެވެ. 

އަދި ވަކިން ޚާއްސަކޮށް، ޤާސިމް ފަދަ ބޭފުޅުންގެ ސިޔާސީ ހަޔާތް ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށްވެސް ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ. ޤާސިމްވަނީ ޖޭޕީގެ ލީޑަރުކަމަށް ވެސް ކުރިމަތި ލައްވާފައެވެ. އެހެންކަމުން ހުރިހާ މަޤާމަކަށް ހޮވިވަޑައިގެން، ހުރިހާ މަޤާމަކުން ލިބޭ މަންފާއެކު ބޮޑު ކެކުރި އަނެއްކާވެސް ބޮޑުވެގެން ދިޔަ ނުދީ ވޭތޯ ބެލުމަކީ މިއަދު ވަރަށް މުހިއްމު ކަމެއް ކަމަށް ގިނަ މީހުން ދެކެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ސިހާ 26 އޮކްޓޯބަރ 2018 - 18:13

    ގާސިމް މިގަވްމުގަ އޮތްހާ ފަޅުރަށެއްގެ ބާނީ ކަމަށް ވަރަށް އަވަހަށް ވާނެ މިނިވަން މުއަށްސަސާ ތައް އޮތީ ސޭޓް އަތްދަށުވެފަ ދެން ލޮލް

ގުޅުން ހުރި
Loading...