ކުރުނބާ ފެނުން ލިބޭ ބައެއް ފައިދާތައް

ކުރުނބާ ފެނަކީ އޭގައި ގިނަ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. ދިވެހިން ޒަމާނުއްސުރެ  ކުރުނބާ ފަނި ބޭނުންކުރަމުން އައި ނަމަވެސް އޭގެއިން ލިބޭ ފައިދާތައް އިނގޭ މީހުން މަދެވެ. މި ލިއުމުގައި ގެނެސްދޭނީ ކުރުނބާ ފަނިން ލިއްބައިދޭ ބައެއް ފައިދާތަކެވެ.

* ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ

ދިރާސާ ތަކުން ދައްކާ ގޮތުގައި ކުރުނބާ ފެން ބޯ ކަމުގައިވާ ނަމަ ލޭ ދައުރުވުން ފަސޭހަވެގެންދެއެވެ. އަދި ލޭގެ ޕްރެޝަރު ދަށްކޮށް އެއްވަރެއްގައި ހިފަހެއްޓިފައި ހުރެއެވެ. އޭގެ ސަބަބުން ހިތުގެ މައްސަލަތަކާއި ހާޓްއެޓޭކްސް ޖެހުމުން ދުރުކޮށް ދެއެވެ.


* ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. އެގޮތުން ކުރުނބާ ފެނަކީ އޭގައި ފެޓްގެ ބައި މަދުއެއްޗަކަށް ވުމުން، ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންގެ ޑައިޓްގައި ހިމެނިދާނެއެވެ. ކުރުނބާ ފެން ބޯކަމުގައިވާނަމަ ބަނޑުފުރިފައިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ. އަދި ބަނޑުހައި ނުވެ ގިނަ އިރު ހުންނާނެއެވެ.


* ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ

ކުރުނބާ ފެނަކީ އޭގައި ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް އަދި ވިޓަމިންސް ހިމެނެއެވެ. އަދި އޭގައި ހިމެނޭ ވައިރަލް އަދި ބެކްޓީރިއާ ތަކާއި ހަނގުރާމަ ކުރާ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ، ވައިރަލް ހުންތަކާއި ރޯގާ ތަކުން ހަށިގަނޑު ދުރުކޮށްދެއެވެ.


* މާބަނޑު އަންހެނުންނަށް
ޑޮކްޓަރުން އާންމުކޮށް މާބަނޑު އަންހެނުނަށް ކުރުނބާ ފެން ބުއިމަށް ނަސޭހަތްތެރިވެއެވެ. އޭގެ ސަބަބުން ބަނޑުހަރުވުމާއި، މެއިން ދިލަނެގުމުން ދުރުކޮށްދިނުމުގެ އިތުރުން ހަޖަމްކުރުމަށް ފަސޭހަވެގެންދެއެވެ.


* ކިޑްނީގެ މަސައްކަތްތައް ހަލުވިކޮށްދޭ

ކުރުނބާ ފެނުގައި ހިމެނޭ މިނަރަލްސްއާއި، ޕޮޓޭޝިއަން އަދި މެގްނީސިއަމްގެ ސަބަބުން ކިޑްނީގެ އެކި ބަލިތަކުން މީހާ ދުރުކޮށްދެއެވެ.


މީގެ އިތުރުންވެސް ކުރުނބާ ފެނަކީ އޭގައިން އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އޭގައި ހިމެނޭ ސިއްހަތަށް ފައިދާ ހުރި މާއްދާތަކުގެ ސަބަބުން ހަންގަނޑާއި، ނިޔަފަތިތަކާއި އަދި ބޮލުގެ އިސްތަށިގަނޑަށްވެސް އެތައް ފައިދާތަކެއް ކުރެއެވެ. އެހެން ކަމުން ކުރުނބާފަނި ކެއުމުގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...