ފާރިސްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފި

ފޮޓޯ: މިހާރު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ. 

ފާރިސްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ ކަފާލަތުގެ ދަށުން އޭނާ މިނިވަންކޮށްފައިވަނިކޮށެވެ. ފާރިސް ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ޝަރީއަތް ހިންގާފައިވާތީ އާއި ސިއްރުން ހެކި ބަސް އުސޫލުން ބޭރުން ނަގާފައިވާތީކަމަށް ކޯޓުން ނެރުނު ހުކުމުގައި ވަނީ ބަޔާން ކޮށްފައެވެ.

ފާރިސްގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ހުކުމެއް މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ޕީޕީއެމްގެ ލޯގޯ އަދި ދިދަ ބޭނުންކޮށްގެން އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެފައިވާކަމަށް ބުނެއެވެ.

ޝަހުސު އޮޅުވާލުމުގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއާއި އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ފާރިސްގެ މައްޗަށް އުފުލާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...