ވޮންޑަރ ވުމަން އަޅުވާ ތާރީޚު ތިންވަނަ ފަހަރަށް ބަދަލުކޮށްފި

ވޮންޑަރ ވުމަން އަޅުވާ ތާރީޚު ތިންވަނަ ފަހަރަށް ބަދަލުކޮށްފިއެވެ.

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައި އޮތް އެ ފިލްމު މިހާރު އެޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުގައެވެ.

ފިލްމުގެ ބަޠަލާ ގަލް ގެޑޯޓް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފިލްމު މިހާރު އެޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށާ ފިލްމުގެ ލޭންޑްސްކޭޕަށް ގެނައި ބަދަލަށް ޝުކުރުވެރިވާ ކަމަށެވެ.

"ވޮންޑަ ވުމަން 1984" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް އެ ޓީމުން ގަބޫލުކުރާއިރު އެ ފިލްމު ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބޮލީވުޑްގެ ބައެއް ޚަބަރު ފަތުރާ ވަޞީލަތްތަކުން ހަމަކޮށްފައިވާ ގޮތުގައި އެ ފިލްމް އަލުވާ ތާރީޚަށް ބަދަލުތައް ގެެނެސްފައިވަނީ ފިލްމު އަލުން ރީ ޝޫޓްކޮށް ފިލްމުގެ ނަން ވޮންޑަރ ވުމަން 1984 އަށް ބަދަލުކުރުމަށެވެ. އަދި ފިލްމުގެ ކާސްޓުންނަށްވެސް ބަދަލު އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ވޮންޑަ ވުމަން" އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ގަލްގެ އިތުރުން ކްރިސްޓެން ވިގް، ކްރިސް ޕައިން އަދި ޕެޑްރޯ ޕާސްކަލް ފަދަ ކޫޅަދާނަ އެކްޓަރުން ހިމެނެއެވެ.

ސަތޭކަ ފަންސާން މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ރިލީޒްކުރި "ވޮންޑަ ވުމަން"އަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...