ދީޕިކާއާއި ރަންވީރްގެ ކައިވެނި މުމްބާއީގައި؟

ދީޕިކާ ޕަދުކޯން އަދި ރަންވީރް ސިންހް ބާޖީރާއޯ މަސްތާނީގައި.

ދީޕިކާ ޕަދުކޯން އަދި ރަންވީރް ސިންހްގެ ކައިވެނީގެ ވާހަކަ އަކީ، މިދުވަސްކޮޅު ބޮލީވުޑްގެ މީޑިޔާތަކުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަށް ވަނީ ވެފައެވެ.

އެދެތަރިން އަންނަ މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރާނެކަން އިއުލާން ކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް އިންތިޒާރު ކުރަމުންނެވެ. ޚާއްސަކޮށް، އެދެތަރިންގެ ފޭނުން އަންނަނީ، އެދެމީހުންނަށް މިހާރުއްސުރެ މަރުހަބާއާއި ތަހުނިޔާގެ މެސެޖުތައް ސޯޝަލް މީޑިޔާގައި އާއްމު ކުރަމުންނެވެ.

ދީޕިކާއާއި ރަންވީރްގެ ކައިވެނި އިއުލާން ކުރުމުގެ ކުރިންވެސް މީޑިޔާތަކުން އެދެމީހުންގެ ކައިވެންޏަށް ވަނީ ބޮޑު ސަމާލުކަމެއް ދީފައެވެ. އެގޮތުން، އެދެމީހުންގެ ކައިވެނީގެ ހެދުމާއި، ކައިވެނި ކުރާނެ ތަނަކާއި، ހަފްލާއަށް އަންނާނެ ގެސްޓުންގެ ނަންތަކަށް ދަންދެން އެކި އެކި ނޫސްތަކުން ހާމަކޮށްފައިވެއެވެ. ރަންވީރް އަދި ދީޕިކާ ކައިވެނި ކުރާނީ އިޓަލީގައި ކަމަށް މީގެ ކުރިން ރިޕޯޓްކޮށްފައިވާއިރު، ބައެއް ނޫންތަކުން މިހާރު ބުނަނީ އެދެމީހުން ކައިވެނި ކުރާނީ މުމްބާއީގައި ކަމަށެވެ.

އެގޮތަށް ނިންމީ އާއިލާގެ ގިނަ މެމްބަރުންނާއި، ގާތް ރައްޓެހިންނަށް އިޓަލީއަށް ދެވެން ނެތުމުން ކަމަށްވެސް ނޫސްތަކުގައިވެއެވެ. ދީޕިކާ އަދި ރަންވީރްގެ ކައިވެނީގެ ހަފްލާތައް ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުވެސް ކުރިއަށްދާނެ ކަމަށް ކައިވެންޏާއި ގުޅޭގޮތުން އެދެމީހުން ނެރެފައިވާ ޖޮއިންޓް ސްޓޭޓްމެންޓްގައި ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...