ކިވީ އިން ލިބޭ ފައިދާތައް

މޭވާތަކުގެ ތެރެއިން ކިވީ ފްރުޓް ދިވެހިންގެ ތެރެއަށް ތައާރަފްވެ، ދިވެހިން އާންމުކޮށް ކައި އުޅޭ އެއްޗެކަށް އެމޭވާ ވެގެން ދިޔައީ ވަރަށް ފަހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކިވީއަކީ ވަރަށް ގިނަ ފައިދާތަކެއް އޭގައި އެކުލެވިގެންވާ މޭވާއެކެވެ. ގިނަ ބާވަތުގެ ރީތިވާ ސާމާނު އުފެއްދުމުގައިވެސް މިމޭވާ ބޭނުންކޮށްފައިވަނީ، ލިބޭ ފައިދާތައް ގިނަ ކަމުންނެވެ.

ކޮންމެ ދުވަހަކުވެސް ކިވީ ކާންޖެހޭ ސަބަބުތައް:

ކިވީގައި ވިޓަމިން ސީ، ވިޓަމިން ކޭ އަދި ވިޓަމިން އޭ އެކުލެވިގެންވެއެވެ. އެއީ އޮމެގާ 3 ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. އޮމެގާ3އަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް އެންމެ މުހިންމު އެއް ފަރުވާއެވެ.

ނޭވާ ހިއްލުމުން ދުރުކޮށްދިނުން:

ނޭވާ ހިއްލުމަކީ ފުރާނައަށްވެސް ނުރައްކާ ކޮށްފާނެ ފަދަ ބައްޔެކެވެ. ކޮންމެ ދުވަހަކު ކިވީ ކާނަމަ، މިބަލީގެ އަލާމަތްތަކުން އެމީހަކު ދުރުކޮށްދޭނެއެވެ. ކިވީގައި ވިޓަމިން ސީއާއި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާތީ ފުއްޕާމޭގެ މަސައްކަތަށް އެމާއްދާތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެއެވެ

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދިނުން:

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެހެންވެސް ކިވީ ކާންޖެހެއެވެ. މިއީ އެކި އިންފެކްޝަންތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ކުރުން:

ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ކިވީ ކާނަމަ، މިބަލި ކޮންޓްރޯލް ކުރަން އެހީތެރިވެދެއެވެ

ކެންސަރު ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުން:

ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތައް ކިވީގައި އެކުލެވިގެންވެއެވެ. ޗައިނާގައި ވަރަށް އިހު ޒަމާނުއްސުރެ އެކި ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމަށް ކިވީ ބޭނުން ކޮށްފައިވެއެވެ.

ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުން:

ކިވީގައި ފައިޓޯކެމިކަލްސް ލުޓެއިން އަދި ޒިއަންޒަންތިން އެކުލެވިގެންވެއެވެ. މިއީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާތަކެވެ.

ގައިގެ ހަން ރީތި ކޮށްދިނުން:

ކުރިންވެސް ފާހަގަކޮށްލި ފަދައިން، އެކި ބާވަތްތަކުގެ ރީތިވާ ސާމާނު އުފެއްދުމަށް ކިވީ އަކީ ވަރަށް ގިނައިން ބޭނުންކުރާ މޭވާއެކެވެ. ވަކިން ޚާއްސަކޮށް، ގަިއގެ ހަން ރީތި ކުރުމަށް މިމޭވާ އަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...