އެސްފިޔަ ދިގުކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންތައްތައް

ލޮލުގެ އެސްފިޔަތައް ދިގުކުރަން ގިނަ މީހުން ބޭނުންވެއެވެ. އަދި ލޮލުގެ އެސްފިޔަ ދިގުވުމުން ލޯރީތިކަމަށްވެސް ދައްކައެވެ. އެހެންކުން އެސްފިޔަ ދިގުކުރުމަށް ގިނަ ބަޔަކު ބޭނުންވެއެވެ. ޚާއްސަކޮށް އަންެހެންކުދިންނެވެ.

އެގޮތުން މިކަންތައްތައް ކުރުމުން އެސްފިޔަތައް ދިގުވުމަށް މަގުފަހިވެއެވެ.

* އެސްފިޔަތަކުގައި ތެޔޮލުން

ކޮންމެ ރެޔަކު ނިދަން ދިއުމުގެ ކުރިން ކުޑަ ތެޔޮފޮދެއް ލޮލުގެ އެސްފިޔަތަކުގައި ހާކާލާށެވެ. މިގޮތަށް ބޭނުންކުރަން އެންމެ ރަނގަޅީ އާމަނަކަ ތެޔޮ ، މަސްޓަރޑް އޮއިލް ނުވަތަ ކާށިތެެލެވެ. އާދަކޮށް ކޮންމެ ރެއަކު މިގޮތަށް އަމަލުކުރާނަމަ ލޮލުގެ އެސްފިޔަތައް ކުރުމުއްދަތެއްގެ ތެރޭގައި ދިގުވާނެއެވެ.


*ޕެޓްރޯލިއަމް ޖެލީ އެސްފިޔަތަކުގައި ހޭކުން

ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ޕެޓްރޯލިއަމް ޖެލީކޮޅެއް އެސްފިޔަތަކުގައި ހާކާށެވެ. އެސްފިޔަތަކުގެ ޕެޓްރޯލިއަމް ޖެލީ ހާކާނީ މަސްކަރާއަކުންނެވެ. ކޮންމެރެއަކު މިގޮތަށް އަަމަލުކުރާކަމުގައިވާނަ އެސްފިޔަތަށް ދިގުވާން މާގިނަ ދުވަހެއް ނުނަގާނެއެވެ.


*ކެއުމުގެ ވިޓަމިން އީގެ ބާވަތްތައް ގިނަ ކުރުނުް

ކޮންމެދުވަހެއްގެ ކެއުމުގައި ވިޓަމިން އީގެ ބާވަތްތައް ހިމަނަން އާދަކުރާށެވެ. ވިޓަމިން އީގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން އިސްތަށި ދިގުވުމަށް މަގުފަހިވެގެންދާނެއެވެ.


*ގްރީން ޓީ ބޭނުންކުރުން

ގްރީން ޓީ އާންމުކޮށް މީހުން ބޭނުންކުރަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށެވެ. ނަމަވެސް މިއީ ލޮލުގެ އެސްފިޔަތަކަށްވެސް ވަރަށްރަނގަޅު އެއްޗެކެވެ.

އެގޮތުން ގްރީން ޓީބޭގް ހޫނު ފެންއެއްތައްޓަކަށް ލުމަށްފަހު ފަނަރަ މިނެޓަށް ބާއްވާށެވެ. ފެން ހިހޫ ވުމުން އެފެން އެސްފިޔަތަކުގައި ހާކާލާށެވެ. މުޅި ރޭގަނޑު އެއްކޮށް އެގޮތަށް ބަހައްޓާށެވެ. ބައިގަޑިއިރުވަންދެން ލޯމަތީގައި ޓީބޭގްވެސް ބޭއްވިދާނެއެވެ. މިގޮތަށް އަމަލުކުރުމުން ލޮލުގެ އެސްފިޔަތަށް އަވަހަށް ދިގުވާނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...